Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެލައިޑް އިންޝުއަރެންސް

އެލައިޑް އިންޝުއަރެންސްގެ ކްލަބްހައުސް އިވެންޓެއް އަންނަނީ

25 އޯގަސްޓު 2021 | ބުދަ 13:04

މިއީ އެލައިޑްގެ ފުރަތަމަ ކްލަބްހައުސް އިވެންޓް

އަތޫފް އާތިފް
އަތޫފް އާތިފް | 25 އޯގަސްޓު 2021 | ބުދަ 13:04
އެލައިޑް އިންޝުއަރެންސްގެ ކްލަބްހައުސް އިވެންޓްގެ ޕޯސްޓަރ

އެލައިޑް އިންޝުއަރެންސްގެ ކްލަބްހައުސް އިވެންޓްގެ ޕޯސްޓަރ

އެލައިޑް އިންޝުއަރެންސް ކުންފުނިން ކްލަބްހައުސްއާ ގުޅި، އެކުންފުނީގެ އެންމެ ފުރަތަމަ އިވެންޓް އިއުލާންކޮށްފިއެވެ.

މިފަހަކަށް އައިސް މަގުބޫލުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް, ކްލަބްހައުސްގައި އެލައިޑުން ބާއްވާ ސެޝަން ތާވަލްކޮށްފައިވަނީ 25 އޮގަސްޓް 2021 ދުވަހުގެ ރޭ 20:30ގައެވެ.

"ރައްކާވެތިބިއްޔާ"ގެ ނަމުގައި ސީރީޒްއެއް ގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިއިވެންޓްގެ ފުރަތަމަ ސެޝަން ޚާއްސަ ކުރުމަށް ހަމަޖެހިފައިވަނީ "ފަޔަރ އިންޝުއަރެންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓަރސް އޯލް ރިސްކް"އަށެވެ. ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރެންސް ޚިދުމަތްތަކާއި, ޚިދުމަތްތައް ހޯދުމުގައި ބެލުން މުހިންމު ކަންކަމަށް އަލިއަޅުވާލައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެލައިޑުގައި މަސައްކަތްކުރައްވާ އިންޝުއަރެންސް ތަޖުރިބާކާރުން ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޤައުމީ ދިފާޢީ ބާރުގެ ފަޔަރ ޑިޕާޓްމަންޓުގެ އިސްވެރިއެއް ގެސްޓް ސްޕީކަރއެއްގެ ގޮތުގައި ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނިން ކްލަބްހައުސްއާ ގުޅެން ނިންމި ނިންމުމާ ގުޅިގެން އެކުންފުނިން ބުނީ މިއީ އާންމުންގެ ތެރޭ އިންޝުއަރެންސް ހައްލުތަކާބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ. މީގެ ބޭނުމަކީ ކްލަބްހައުސްގެ ޒަރިއްޔާއިން ވީހާވެސް ގިނަ ފަރާތްތަކަށް އިންޝުއަރެންސްގެ ސައްހަ މައުލޫމާތު ފޯރުކޮށްދީ, ޒަމާނީ އަދި އީޖާދީ މަސައްކަތްތައް ކުރުމުގައި އެލައިޑުން އާންމުންގެ ޚިޔާލު ހޯދައި, މިފަދަ މަސައްކަތްތަކުގައި އާންމުންގެ ޚިޔާލު އެކުލަވާލުމެވެ.

އެގޮތުން ކޮންމެ މީހަކަށްވެސް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށާއި, ވީމާ އެންމެންވެސް ސެޝަންގައި ބައިވެރިވުމަށް ދަޢުވަތު ދީފައި ވެއެވެ.  

އެލައިޑް އިންޝުއަރެންސް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2025

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި
26 ޖޫން 2025

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

26 ޖޫން 2025
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި
26 އޯގަސްޓު 2024

ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

26 އޯގަސްޓު 2024
ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި
09 މެއި 2024

އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

09 މެއި 2024
އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް
04 ޖެނުއަރީ 2024

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

04 ޖެނުއަރީ 2024
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި
28 އޮކްޓޯބަރު 2023

އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން، ޓީވީއެއް ހޯދުމުގެ ފުރުސަތު

28 އޮކްޓޯބަރު 2023
އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން، ޓީވީއެއް ހޯދުމުގެ ފުރުސަތު
23 މާރިޗު 2023

އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި

23 މާރިޗު 2023
އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި
13 އޯގަސްޓު 2022

އެލައިޑުން ޚާއްސަ ލަކީޑްރޯއެއް، މިރެއަކީ އެކްސްޕޯގެ ފަހުރޭ

13 އޯގަސްޓު 2022
އެލައިޑުން ޚާއްސަ ލަކީޑްރޯއެއް، މިރެއަކީ އެކްސްޕޯގެ ފަހުރޭ
02 އޯގަސްޓު 2022

ޔޮޓް ޓުއާރސް އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި

02 އޯގަސްޓު 2022
ޔޮޓް ޓުއާރސް އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި
28 ސެޕްޓެމްބަރު 2021

ސާފް ޗެމްޕިއަންޝިޕްގެ އިންޝުއަރަންސް ޕާޓްނަރަަކަށް އެލައިޑް އިންޝުއަރަންސް

28 ސެޕްޓެމްބަރު 2021
ސާފް ޗެމްޕިއަންޝިޕްގެ އިންޝުއަރަންސް ޕާޓްނަރަަކަށް އެލައިޑް އިންޝުއަރަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް