Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯ ތަރައްގީކުރުމުގެ މަޝްރޫޢު

މިފްކޯ އިތުރަށް ތަރައްގީކުރުމުގެ މަޝްރޫޢަށް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ

މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނަގާނެ ކަމަށް ލަފާކުރެވެނީ 2 އަހަރު ދުވަހުގެ މުއްދަތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 13:12
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ 'އެކްސްޕޭންޝަން އޮފް ކެޕޭސިޓީޒް އޮފް މިފްކޯ' މަޝްރޫއުގެ އިމްޕްލިމެންޓޭޝަންގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށް, މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނެ ކޮންޓްރެކްޓަރެއް ހޮވުމުގެ މަރުހަލާ އަންނަ ހަފުތާގައި ފަށާނެކަމަށް މިފްކޯއިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޝަމީމް ވިދާޅުވީ އަންނަ ހަފުތާގައި ޝެޑިއުލް ހެދުމަށްފަހު ރިވިއު ކުރާނެ ކަމަށެވެ. ފެލިވަރު އެކްސްޕެންޝަން ޕްރޮޒެކްޓަށް ކޮންޓްރެކްޓަރ ހޯދުމަށްފަހު ދެން އިތުރަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ތައްޔާރުކޮށްފައިވަނީ ދިވެހި ސަރުކާރުން ހޮވާފައިވާ ފަރާތަކުންނެވެ. އަދި މި ރިޕޯޓް ވަނީ އިންޑިއާ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ބަލައި ފާސްކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނަގާނެ ކަމަށް ލަފާކުރެވެނީ 2 އަހަރު ދުވަހުގެ މުއްދަތެކެވެ.

މަޝްރޫޢުގެ ޑީ.ޕީ.އާރް ގައި ވާގޮތުން، މަޝްރޫޢުގެ ފުރިހަމަ ސްކޯޕްގެ ތެރޭގައި އަންނަނިވި ބައިތައް ހިމެނެއެވެ:

1.ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް: 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިލެފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ޤާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ޤާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވަރހައުސްއެއް ޤާއިމް ކުރުން.

މީގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި, މަސްދަޅު އުފައްދާ އިތުރު ފެކްޓަރީއަކާއި، ދުވާލެއްގެމައްޗަށް 100 ޓަނުގެ ކަނޑުމަސް ޕްރޮސެސްކޮށް, ދަޅުމަހާއި ކައްކާ ގަނޑުކުރެވިފައިވާ މަސްބުރި އަދި ޕައުޗް ފަދަ އެތައް ޕްރޮޑަކްޓް އުފެއްދޭ ފެސިލިޓީއެއްގެ އިތުރުން، ދުވާލެއްގެމައްޗަށް 40 ޓަނުގެ 'ފިޝްމީލް' އުފެއްދޭ ޕްލާންޓްއަކާއި، ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްގެ އިތުރުން 100 ޓަނުގެ އައިސް ސްޓޯރޭޖް ކެޕޭސިޓީއެއް ޤާއިމް ކުރެވޭނެއެވެ.

2. ގެމަނަފުށި: މި މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ގެމަނަފުށީގައި ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ އިތުރުން 8-10 ޝިޕިން ކޮންޓެއިނަރު ޓްރާންސްޕޯޓް ކުރެވޭ ލޭންޑިން ކްރާފްޓެއް ވެސް ޤާއިމް ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ އިސްތިރާޖީ އިންވެސްޓްމެންޓެކެވެ. މިފްކޯ އެކްސްޕޭންޝަން މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ސިގްނަލްކުރި އެންމެ ފުރަތަމަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް ދިމާވެފައިވާ ޕްރޮސެސިން ކެޕޭސިޓީއާއި ސްޓޯރޭޖްގެ ދަތިތަކަށް އެތައް ލުޔެއް ލިބިގެންދާނެކަމަށާއި، ދިވެހި މަސްވެރިންގެ އާމްދަނީ އިތުރުވުމަށް މަގުފަހި ވެގެންދާނެއެވެ.

މިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު