Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރީސްގެ ކޮވިޑް ހާލަތު

ވެކްސިން ނުޖަހާ މީހުންނަށް ހިލޭ ޓެސްޓް ހަދައިދިނުން ގްރީސްއިން ހުއްޓާލަނީ

ހިލޭ ޓެސްޓް ނުހެދޭނެ ގޮތަށް ނިންމަން މަސައްކަތް ކުރަނީ ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް އެގައުމުގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2021 | ބުދަ 08:19
ގްރީސްގައި ކޮވިޑަށް ސާމްޕަލް ނަގަނީ

ގްރީސްގައި ކޮވިޑަށް ސާމްޕަލް ނަގަނީ

ޑެލްޓާ ވޭރިއަންޓާއެކު ގްރީސްގައި ކޭސްތައް އިތުރުވާން ފަށާފައިވާއިރު، ކޮވިޑާ ދެކޮޅަށް ވެކްސިން ނުޖަހާ ފާރަތްތަކަށް ހިލޭ ކޮވިޑް ޓެސްޓް ނުހެދޭ ގޮތަށް ގްރީސްގައި ހަދަން ނިންމައިފިއެވެ.

ގްރީސްގައި ކޭސްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ހިލޭ ޓެސްޓް ނުހެދޭނެ ގޮތަށް ނިންމަން މަސައްކަތް ކުރަނީ ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް އެގައުމުގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެގައުމުގައި ކޮވިޑްގެ ކޭސްތައް ރިޕޯޓް ކުރަން ފެށިފަހުން މިހާތަނަށް 13،422 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައު ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ފިޔަވަޅުތަކާއެކު ވެކްސިން ނުޖަހާ ފަރާތްތަކުން އެމީހެއްގެ ދާއިރާއަށް ބެލުމަށްފަހު ހަފްތާއަކު ދޭއް ނުވަތަ ތިން ފަހަރު އަމިއްލައަށް ޓެސްޓް ހަދަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ޓެސްޓެއް ހެދުމަށް ހަމަޖެހިފައިވަނީ 10 ޔޫރޯ ނުވަތަ 12 ޑޮލަރަށެވެ. މިއީ ކޮވިޑްގެ މި ހާލަތާއެކު އާންމުންނަށް ބޮޑު އަދަދަކަށް ވާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ޕެންޑަމިކާއެކު މަހެއްގެ މައްޗަށް އެވްރެޖްކޮށް މުސާރައިގެ ގޮތުގައި ލިބެނީ 1161 ޔޫރޯއެވެ.

11 މިލިއަން މީހުން ދިރިއުޅެމުން އަންނަ ގްރީސްގައި މިހާތަނަށް 6 މިލިއަން މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަދި އިމިއުނިޓީއަކަށް ދިއުމަށް އިތުރު 1 މިލިއަން މީހުން ވެކްސިން ޖަހަން ޖެހޭނެކަމަށް އެގައުމުން ބުނެއެވެ.

ގްރީސްގެ ހެލްތް މިނިސްޓަރު ވައްސިލިސް ކިކިލިއާސް ބުނެފައިވަނީ މި އަހަރުގެ ހޫނު މޫސުމާ ހަމައަށް އެންމެންނަށް ވެކްސިން ޖަހާ ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން ހިލޭ ކޮވިޑް ޓެސްޓް ހަދަން ފަށާނެކަމަށް ވެސް ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ގްރީސްގެ އާބާދީގެ 53 އިންސައްތަ މީހުން މިހާތަނަށް އައި އިރު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ގްރީސްކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު