Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމިއުނިޓީ ސަރވިސްގެ މަސައްކަތް

ކޮމިއުނިޓީ ސަރވިސްގެ މަސައްކަތުން ޖޫރިމަނާ ފައިސާ އުނިކުރެވޭނެ އުސޫލު ބަޔާންކުރުން މުހިއްމު- ގަވާއިދު ކޮމިޓީ

ކޮމިޓީ ރިޕޯޓުގައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށްފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ހުށަހަޅާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 08:24
މި މައްސަލައަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ

މި މައްސަލައަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމިއުނިޓީ ސަރވިސްގެ މަސައްކަތުން ޖޫރިމަނާ ފައިސާ އުނިކުރެވޭނެ އުސޫލު ގަވާއިދުގައި ބަޔާންކުރުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމީޓީން ބުނެފިއެވެ.

ޢުމުރުން 18 އަހަރު ފުރުމުގެ ކުރިން ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުގެ ޤާނޫނު) އާ ޚިލާފުވެފައި ފަރާތްތަކަށާއި، އެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ ގަވައިދު ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓުގައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށްފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ހުށަހަޅާފައެވެ. އެގޮތުން ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ކޮމިއުނިޓީ ސަރވިސަސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮމިއުނިޓީ ސަރވިސްގެ މަސައްކަތުން ޖޫރިމަނާ ފައިސާ އުނިކުރެވޭނެ އުސޫލު ގަވާއިދުގައި ބަޔާންކުރުން އެއީ މުހިއްމު ކަމެއް ކަމަށާއި، ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު، އެ ފަރާތްތަކަށް ލައިސަންސްނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކޮށް، ނުދައްކައިވާ ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކޭނެ އުސޫލެއް ބަޔާންކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން މުޖްތަމަޢަށް ފައިދާކުރަނިވި މަސައްކަތެއް ކުރާ ފަރާތުން މަސައްކަތް ކުރަންޖެހޭނީ މަސައްކަތްކުރާ އިދާރާއަކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްކަން ނުވަތަ ކޯޓުން ކަނޑައަޅާ ހަމަތަކެއްގެ މަތިންކަން ތަފްޞީލްކޮށް ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމަށް ކޮމިޓީން ބުނެއެވެ. އަދި ގަވާއިދުގެ މޮނިޓަރިންގ ބޮޑީއެއް ގޮތަށް، މޮނިޓަރކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާ ގުޅިގެން ފަސޭހައިން ކުރެވިދާނެކަމެއް ކަމަށް ޤަބޫލުކުރެވޭކަމަށާއި، އެއީ ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި އޮތީ ކޮންކޮން މަސައްކަތްތަކެއްކަމާއި، އެކި ތަފާތު ގިންތިތަކުގެ މަސައްކަތް ކައުންސިލަށް އެނގެން އޮންނާނެ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު ގަވާއިދުގެ ދަށުން ޚިދުމަތްކުރަން ޖެހިފައިވާ ފަރާތަކުން ޚިދުމަތް ފުރިހަމަނުކޮށް ނުވަތަ ޖޫރިމަނާ ވެސް ނުދައްކާ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ގަވާއިދުގައި ބަޔާންވެފައި އޮތުމާއެކު ގަވާއިދުގެ ދަށުން މުޖްތަމައަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރުމަށް، ޙަވާލުކުރެވޭނެ އެންމެ ހަގު އުމުރަކީ ކޮބައިކަން ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމަށެވެ.

ކޮމިޓީން ބުނީ މި މައްސަލައާ ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ގަވާއިދު އެކުލަވާލައި އެ ގަވައިދަށް އަމަލުކޮށްދެއްވުމަށް އެދި ކަމާގުޅޭ މުއައްސަސާތަކަށް ދެންނެވުމަށް ފެންނަކަމަށް 8 ޖުލައިގައި ބޭއްވި އެ ކޮމިޓީގެ މި އަހަރުގެ 12 ވަނަ ބައްދަލުވުމުގައި އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު