Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިން ވިއްކުމުގެ ބާރު ކައުންސިލަށް

"ވެރިކަން ބަދަލުވިއިރު ބިމުގެ ކަންކަން އޮތީ ފަތްކޮޅު ދީގެން ޚަތީބުން އައްޔަނުކުރި ޒަމާނުގައި ނެތް މިންވަރަށް ކަންކަން ދަށަށް ގޮސްފައި"

25 އޯގަސްޓު 2021 | ބުދަ 08:01

މެންބަރު ވިދާޅުވީ މިއަދު މަސައްކަތް ކުރަނީ ބިމާ ބެހޭ ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް ބާރުދޭން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އޯގަސްޓު 2021 | ބުދަ 08:01
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ވެރިކަން ބަދަލުވިއިރު ބިމުގެ ކަންކަން އޮތީ ރަސްކަމުގެ ފަރާތުން ފަތްކޮޅު ދީގެން ޚަތީބުން އައްޔަނުކުރި ޒަމާނުގައި ވެސް ނެތްފަދަ މިންވަރަށް ކަންކަން ދަށަށް ގޮސްފައި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިން ވިއްކުމުގެ ބާރު ކައުންސިލަށް ދިނުމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މީގެ ކުރިން ހުރިހާ ކަމެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ޖަމާ ކޮށްފައި ކަމަށެވެ. އަދި ބާރެއް ދޫކޮށްލުމަކީ ވެރިކަން ބަލިކަށިވެދާނެ ކަމެއް ކަމަށް ގަބޫލުކުރި ވެރިން މިފަހަކަށް އައިސް ފެނިގެން ދިޔަ ކަމަށެެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ މި ބިލުގެ މައިގަނޑު އެއް މަޤްޞަދަކީ ސަރުކާރުގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތައާރަޒުވާ ގޮތަށް ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ. އަދި މި ބިލު ހުށަހެޅިފައިމިވަނީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ހުރި ކަންތައްތައް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަޤްޞަދުގައި ކަމަށެވެ.

މެންބަރު ވިދާޅުވީ މިއަދު މަސައްކަތް ކުރަނީ ބިމާ ބެހޭ ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް ބާރުދޭން ކަމަށެވެ. އަދި މިއަދު މި ފެންނަނީ ހެޔޮ ވެރިކަމެއްގެ ސިފަތައް ކަމަށާއި، ބާރުތައް ބެހިގެންދާ ގޮތަށް ވެރިކަން ހިންގުން ބައްޓަން ވެގެންދާ މަންޒަރު ކަމަށެވެ.

މެންބަރު ވިދާޅުވީ ރަސްކަމުގެ ފަރާތުން އައްޔަނުކުރި ވެރިން ތިބި ޒަމާނުގައި ރައްޔިތުންނަށް މާ ހެޔޮކޮށް ކަންކަން ވިކަން ތާރީޚުން ހެކިދޭ ކަމަށާއި އެދުވަސްވަރު ރަށްރަށް މާ ތިޔާގި އަދި މާ ތަނަވަސް ކަމަށެވެ.

މެންބަރު ސަލީމް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ތަނަވަސްކަމާއި ތިޔާގިކަން ރަށްރަށަށް ހޯދައިދިނުން ކަމަށެވެ. އަދި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު ފެންނަނީ ވަރަށް ރަނގަޅު ކަންކަން ހާސިލުވެގެންދާތަން ކަމަށް ވިދާޅުވިއެވެ. މިސާލަކަށް ގާނޫނުގެ ފަސްވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުން މިނިސްޓްރީތަކާއި ކައުންސިލްތަކުން ހަވާލުކުރާ ބިންތައް ހަވާލުކުރުމާއި، އަދި ވަކި ކުރުމާ ގުޅޭ ހަރުދަނާ، ދެފުށް ފެންނަ އުސޫލެއް ގާއިމުކުރަން ލާޒިމުކުރާ ކަމަށާއި، އޭގެ ސަބަބުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ރުހޭ ވަގުތު ބިންދީ، ނުރުހޭ ވަގުތު އަތުލުމުގެ ސަގާފަތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

މީގެ އިތުރުން 7 ވަނަ މާއްދާއަށް ގެނެވޭ އިސްލާހާއެކު ކައުންސިލްތަކުގެ މިލްކުވެރިކަމުގައިވާ ބިންތައް އެ ކައުންސިލްތަކުން ކުއްޔަށް ދިނުން ފަދަ އަދި އެކިއެކި ބޭނުންތަކަށް ދޫކުރުން ފަދަ މުއާމަލާތްތައް ހިންގުމަށް މަގުތަނަވަސް ވެގެންދާނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 150 ވަނަ މާއްދާގައި، އެ ގާނޫނާއި އެ ގާނޫނުގެ މަޤްޞަދުތަކާ ތަޢާރުޒުވާ ޤާނޫނުތައް ފާހަގަކުރަން ޖެހޭތީ ކަމަށެވެ.

އަދި އެ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި އެކުލެވޭ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މަޤްޞަދުތަކާ ތަޢާރުޒުވާ ކަންކަން އިސްލާހު ކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްހޯރަފުށި

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
31 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
31 އޮކްޓޯބަރު 2025

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
31 އޮކްޓޯބަރު 2025

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
31 އޮކްޓޯބަރު 2025

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން

30 އޮކްޓޯބަރު 2025
ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް