Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޔަރ އެންޑް ރެސްކިއު

"ފަޔަރ ޕްރިވެންޝަން ވީކް 2017" ހޮނިހިރު ދުވަހު ފަށަނީ

މިމަހުގެ 21 ވަނަ ދުވަހު މާލޭ ބަނޑޭރިކޮށި ސަރަހައްދުގައި، 22 ވަނަ ދުވަހު ވިލިމާލެ ބޯޅަ ދަނޑުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 މެއި 2017 | ހޮނިހިރު 03:14
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ހަރަކާތްތަކެއް ދައްކާލަނީ

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ހަރަކާތްތަކެއް ދައްކާލަނީ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2017" ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހިންގާ މި ޕްރޮގްރާމްގެ މަގްސަދަކީ ބަރަކާތްތެރި ރަމަޟާންމަހު ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ ހަރާކާތެއް ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން މެއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ކ.ތުލުސްދޫ ހިއްކި ބިން ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން މާލެ އާއި ވިލިމާލޭގެ އަދި ހުޅުމާލޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މާލޭގެ ބަނޑޭރިކޮށި ސަރަހައްދުގައި މިމަހުގެ 21 ވަނަ ދުވަހު މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 23 ވަނަ ދުވަހު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭ ނޯތު ހާބަރު ސަރަހައްދުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން، ވިލިމާލޭގެ ފުޓްބޯޅަ ދަނޑުގައި މި ޕްރޮގްރާމް މިމަހުގެ 22 ވަނަ ދުވަހު ހިންގުމަށް ވަނީ ހަމަޖެހިފައިފައެވެ. އަދި، މިމަހުގެ 24 ވަނަ ދުވަހު ހުޅުމާލޭގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ބަސް ސްޓޮޕް ސަރަހައްދުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ފަޔަރ ޕްރިވެންޝަން ވީކްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާއި ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި ރަމަޟާން މަހަށް އަމާޒުކޮށްގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބޭއްވި ފަޔަރ ޕްރޮވެންޝަން ވީކަށް އާންމުގެ ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

މުލަ ރޯދަ ދުވަހަކީ ހޮނިހިރު ދުވަސް!

25 މެއި 2017
މުލަ ރޯދަ ދުވަހަކީ ހޮނިހިރު ދުވަސް!
17 މެއި 2017

"އެކަޑަމީ އިނާމް 2017" ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި

17 މެއި 2017
"އެކަޑަމީ އިނާމް 2017" ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި
16 މެއި 2017

މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި

16 މެއި 2017
މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި
28 އެޕްރީލު 2017

ރެހެންދި ޖަންބަލް ސޭލް 2017 މިއަދު ފަށާނެ

28 އެޕްރީލު 2017
ރެހެންދި ޖަންބަލް ސޭލް 2017 މިއަދު ފަށާނެ
24 މާރިޗު 2017

އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު

24 މާރިޗު 2017
އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު