Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންޑޫ

މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި

ކޮމަންޑޫގައި ބާއްވަނީ ބައި އިލެކްޝަނެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 މެއި 2017 | އަންގާރަ 11:24
ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ

ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ

ތ. މަޑިފުށީ ކައުންސިލް އިންތިހާބާއި ށ. ކޮމަންޑޫ އިންތިހާބް ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޮމަންޑޫ އިންތިހާބު ބާއްވަނީ ކެންޑިޑޭޓުންގެ މެދުގައި އެއްވަރުވުމުން ކަމަށެވެ.

Advertisement - newsAdvertisement

ށ. ކޮމަންޑޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކާއި ޕީޕީއެމްގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކު ވާދަކުރިއިރު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީން ވާދަކުރި ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުންނެވެ.

އެގޮތުން އެމްޑީޕީން ވާދަކުރި އަހުމަދު ރިފްއަތު އާއި މުހައްމަދު އާރިފް އަހްމަދުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. ދެ ކެނޑިޑޭޓުންނަށް ވެސް ލިބިފައިވަނީ 518 ވޯޓެވެ.

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. ދާއިމީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ޝުޖުއާން އާއި މުހައްމަދު މުފީދަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. ތިން ވަނަ ކައުންސިލަރު ކަށަވަރުވަނީ ނަތީޖާ އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބަށް ފަހު އެވެ.

މީގެ އިތުރުން މަޑިފުށީ ކައުންސިލް އިންތިހާބް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ. އެގޮތުން މަޑިފުށީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ނިންމީ މަޑިފުއްޓަށް ނިސްބަތް ނުވާ މީހަކު އެ ދާއިރާ އަށް ވޯޓް ދެވިފައިވާތީ ކަމަށް އީސީގެ މެމްބަރު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މަޑިފުށީ ނޫން މީހަކަށް މަޑިފުށީ ދާއިރާ އަށް ވޯޓް ލެވުނީ ނުބައި ކަރުދާސް ކޮޅެއް ދެވިގެން ކަމަށެވެ. ނަމަވެސް އެއީ ކޮންމެ ދާއިރާއަކަށް ވޯޓްލާން ޖެހޭ މީހެއް ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

އިންތިހާބު އަލުން ބާއްވަން ނިންމި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ މަޑިފުށީ އިންތިހާބު އަލުން ބާއްވަން ނިންމީ 2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މިކަހަލަ ކަމެއް ހިނގާފައި ވާތީ އެކަމާ ގުޅިގެން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހަމައެހެންމެ މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕެލެއިންސް ބިޔުރޯ އަށް ލިބުނު މައްސަލަތައް ބެލުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިހާބް ބައްވާނީ ހަތަރު ކެންޑިޑޭޓެއްގެ މެދުގައި ކަމަށެވެ. އެގޮތަށް ނިންމީ ތިން ކެންޑިޑޭޓުން ހޮވަންޖެހޭ އިރު އެންމެ ވޯޓަކުން ވެސް އެ ހަތަރު ކެންޑިޑޭޓުންގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މަޑިފުށީ ކައުންސިލް އިންތިހާބުގައި ހަތް ކެންޑިޑޭޓުން ވާދަ ކޮށްފައިވާއިރު އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އެއް ވަނައިގައިވާ ޕީޕީއެމްގެ އައްބާސް އަހްމަދާއި އަލީ ހަސަން އަށް 389 ވޯޓު ލިބިފައި ވެއެވެ. އަދި ދެ ވަނަ އަށް ދިޔަ އެމްޑީޕީގެ ހަސަން އަބްދުﷲ 388 ވޯޓު އަދި ތިން ވަނަ އަށް ދިޔަ ޕީޕީއެމްގެ އިސްމާއީލް ހިލްމީ އަށް ލިބިފައި ވަނީ 387 ވޯޓެވެ. އެހެން އެންމެ ވޯޓަކުން ވެސް މި ހަތަރު ނަތީޖާ އަށް ވެސް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތެވެ. .

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު