Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަންގަލާ ސަމަރަވީރާ އަވަހާރަވުން

މަންގަލާއަކީ ރާއްޖެއާއި ލަންކާގެ ގުޅުމުގެ މުހިއްމު ބައިވެރިއެއް: ރައީސް

މަންގަލާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2021 | އަންގާރަ 14:17
ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ

ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ

ކޮވިޑް ބަލީގައި އަވަހާރަވި ސްރީލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާއަކީ ރާއްޖެއާއި ލަންކާގެ ގުޅުމުގެ މުހިއްމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މަންގަލާ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ މަންގަލާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، މަންގަލާއަކީ ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެއް ކަމަށާއި، އޭނާ ލަންކާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން އޭނާއަކީ ރާއްޖެއާ ލަންކާގެ އެކުވެރިކަމުގެ މުހިއްމު ހިއްސާދާރެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޞާލިޙު ވަނީ މަންގަލާގެ ގާތް ބޭފުޅުންނާއި، ލަންކާގެ ރައްޔިތުންނަށްވެސް ތަޢުޒިޔާ ވިދާޅުވެފައެވެ.

މަންގަލާ ކޮވިޑް-19ށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ޕްރައިވެޓް ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދެވި މަންގަލާ އަވަހާރަވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މަންގަލާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އަވަހާރަވީ ހިތުގެ ހިނގުން ހުއްޓި ވެންޓިލޭޓަރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ސްރީލަންކާއީޔޫ އެމްބަސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު