Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ކުރީގެ މިނިސްޓަރު އަވަހާރަވުން

ލަންކާގެ ކުރީގެ މިނިސްޓަރު މަންގަލާ ސަމަރަވީރާ ކޮވިޑް ޖެހިގެން އަވަހާރަވެއްޖެ

24 އޯގަސްޓު 2021 | އަންގާރަ 10:51

އަވަހާރަވިއިރު އުމުރުފުޅަކީ 65 އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އޯގަސްޓު 2021 | އަންގާރަ 10:51
ސްރީލަންކާގެ ކުރީގެ މިނިސްޓަރު މަންގަލާ ސަމަރަވީރާ

ސްރީލަންކާގެ ކުރީގެ މިނިސްޓަރު މަންގަލާ ސަމަރަވީރާ

ސްރީލަންކާގެ ކުރީގެ މިނިސްޓަރު މަންގަލާ ސަމަރަވީރާ ކޮވިޑް ބަލީގައި އަވަހާރަވެއްޖެއެވެ.

މަންގަލާ ކޮވިޑް-19ށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ޕްރައިވެޓް ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދެވިއިރު އަވަހާރަވިއިރު ފަރުވާ ހޯއްދަވަމުން ގެންދެވީ އައިސީޔޫގައެވެ. ހޮސްޕިޓަލާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މަންގަލާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އަވަހާރަވީ ހިތުގެ ހިނގުން ހުއްޓި ވެންޓިލޭޓަރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 65 އަހަރެވެ. މަންގަލާ ވަނީ ސްރީލަންކާގެ ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ސްރީލަންކާގެ ސިޔާސީ މައިދާނަށް މަންގަލާ ނިކުމެވަޑައިގަތީ 1983 ވަނަ އަހަރު ސްރީލަންކާގެ ފްރީޑަމް ޕާޓީންނެވެ. ލަންކާގެ ގާނޫނުހަދާ މަޖިލީހަށް މަންގަލާ އިންތިޚާބުވެވަޑައިގެންނެވީ 1989 ވަނަ އަހަރުއެވެ.

ފިނޭންސް މިނިސްޓަރުކަން 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ވަނީ ކުރައްވާފައެވެ. އަދި ފޮރިން މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން މަންގަލާ ކުރެއްވިއެވެ. އެއީ 2005 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް އަދި 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށެވެ.

2019 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު މަންގަލާ ވަނީ އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމުގައިވާ ސަމަގި ޖަނާ ބަލަވެގަޔާ (އެސްޖީބީ) ޕާޓީއާ ގުޅިވަޑައިގެންފައެވެ. މިޕާޓީ އަކީ 2020 ވަނަ އަހަރު އުފައްދާފައިވާ ޕާޓީއެކެވެ. މިޕާޓީއަކީ ލަންކާގެ އޮޕޮޒިޝަން ލީޑަރ ސަޖިތް ޕްރޭމަދާސާގެ ލީޑަރޝިޕްގެ ދަށުން ހިނގަމުންދާ ޕާޓީއެކެވެ.

ނަމަވެސް 2020 ވަނަ އަހަރު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި މަންގަލާ ވާދަކުރައްވާފައެއް ނުވެއެވެ. އަދި މަންގަލާ ވަނީ ޕާޓީން ދުރަށް ވަޑައިގަންނަވާފައެވެ.

ސްރީލަންކާ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސްރީލަންކާ ގައި އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ

16 ޑިސެމްބަރު 2025
ސްރީލަންކާ ގައި އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ
11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް