Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަޅުރަށްތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް

ފަޅުރަށްތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވާ ގޮތް ބަޔާންކުރާ ބިލު ކޮމިޓީއަށް

24 އޯގަސްޓު 2021 | އަންގާރަ 07:39

މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރ އަޙުމަދު ޢަބްދުﷲ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 އޯގަސްޓު 2021 | އަންގާރަ 07:39
އަތޮޅުތަކުގެ ރަށްރަށް

އަތޮޅުތަކުގެ ރަށްރަށް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާ ތަޢާރަޒްވާ ކަންކަން ހުރުމާއެކު, ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހުން ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އަޙުމަދު ޢަބްދުﷲ އެވެ. ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ, މި ބިލް ހުށަހަޅުއްވަނީ ކުރިން ގާނޫނު އޮތްގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ގެނައި ބަދަލުތަކާ ފުށުއަރާ މާއްދާތަކެއް ގާނޫނުގައި ހުރުމުން, 2 ގާނޫނު އެއްގޮތްކުރުމަށް ކަމަށެވެ. އެގޮތުން ފަޅުރަށްރަށާބެހޭ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާކަމަށް މެންބަރު ވިދާޅުވިއެވެ.

އެ ބަދަލުތައް ގެންނަން ޖެހެނީ މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ރަށްރަށުގެ ކަންކަން ކުރުމުގެ ބާރު ލިބިގެންވަނީ އެ ކައުންސިލަކަށް ކަމުގައިވާތީއެވެ. އަޙުމަދު ވިދާޅުވީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްރަށް ވަރުވާއަށް ކުއްޔަށް ދިނުމާއި ވަކިކުރުމާ ގުޅޭގޮތުން ހިންގަންޖެހޭ ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭނެ ކަމަށެވެ. ހަމައެއާއެކު މިއިސްލާހު ގެނައުމުން, ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅުއްވާ އުސޫލުތަކުގެ ތެރެއިން ރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭނެ ކަމަށެވެ.

މީގެއިތުރުން ކުއްޔަށް ހިފާ ފަރާތަކުން ތިން ވަނަ ފަރާތަކަށް ރަށް ދޫކުރުމާއި އެކަމުގައި އަމަލުކުރަންވީ ގޮތް މި އިސްލާހުތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިބިލަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ, އެ ރަށެއް ކައުންސިލްގެ އިޚްތިޞާޞުން ނެގުމުގެ ބާރު މިނިސްޓްރީއަށް ލިބޭ ގޮތަަށް ގާނޫނަށް ހުށަހަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އިންޑަސްޓްރިއަލް ބޭނުމަށް ދޫކުރަން ކަނޑައަޅާފައިވާ ފަޅުރަށަކީ ސިޓީއެއް ނުވަތަ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށަކަށް ވާނަމަ، އެ ރަށެއް ކައުންސިލްގެ އިޚްތިޞާޞުން ވަކި ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާގެ ސަބަބުން ކައުންސިލަށް ދޭން ޖެހޭ ބާރުތައް ހަނިވާ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވައެވެ. އެއީ އެ އިސްލާހުގައި، ރަށްތައް އިޚްތިޞާޞުން ވަކިކުރާއިރު، ކައުންސިލްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާތީ ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް