Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓް

އަންނަ އަހަރުގެ މަޖިލީހުގެ ބަޖެޓަކީ 184.1 މިލިއަން ރުފިޔާ

މި އަހަރު މަޖިލީހުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 177.8 މިލިއަން ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2021 | ހޯމަ 17:21
ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަކީ 184.1 މިލިއަން ރުފިޔާކަމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރުގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރުމަށް އާންމު ކޮމިޓީން ކުރިޔަށް ގެންދިޔަ ބައްދަލުވުންތައް ބާއްވާފައިވަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައެވެ. އެހެންކަމުން ބަޖެޓްގެ ތަފްސީލީ މައުލޫމާތުތަކެއް ސާފެއްނުވެއެވެ. ބަޖެޓް ފާސްކުރުމަށް އާންމު ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގެވެސް ބޮޑުބައި ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ބަޖެޓް ފާސްކޮށްފައިވަނީ އެކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި އަހަރު މަޖިލީހުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 177.8 މިލިއަން ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ ބ ގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް އާންމު ކޮމިޓީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ. އަދި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކުރާ ބަޖެޓުގައިވާ ފައިސާ، އެއްވެސް އުނިކުރުމެެއް ނެތި ދައުލަތުގެ އިދާރާއަށް ދޫކުރަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން, އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށަހަޅުއްވަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަހަރުގެ އޮކްޓޯބަރ މަހުގެ 31 ގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 34.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 33.4 ބިލިއަން ރުފިޔާގެ ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 12.3 ބިލިއަން ރުފިޔާއިންނެވެ.

ކޮވިޑާގުޅިގެން ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ބާރުއަޅާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު