Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މައުމޫނާއި ޔާމީނުގެ ތަޖުރިބާ އެމްޑީޕީއަށް މިސާލަކަށް ނުވޭބާ؟

އެމްޑީޕީ ބައިބައިކޮށް ރޫޅާލުމަކީ ވާދަވެރިންގެ އަމާޒު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2021 | ހޯމަ 11:36
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން

ދަމާލި ފޮތިގަނޑަކުން ދައްކުވާދިނީ އެންމެންނަކީ ގުނބޯލުން ނޫންކަމެވެ. ގިނަބަޔަކު އުސޫލާއި ހަމައިގައިތިބިކަމެވެ. ވަކި މީހެއްގެ ވަށައިގެން އެނބުރުން މާޒީ ވެގެން ހިނގައްޖެކަމެވެ. ކޮންމެ މީހަކަށްމެ އެމީހަކަށް ހައްގު މިންވަރަށް ވުރެ ބޮޑު ކުރެޑިޓެއް ދޭން އެންމެން ނޭދޭކަމެވެ. ބޮޑެތި ޕާޓީތަކުގައި ފެކްޝަން އޮންނާނެކަމާއި ތަފާތު ފިކުރާއެކުވެސް ގިނަކަންކަމުގައި އެއްވިސްނުމަކަށް އަންނަން ދިވެހިންވެސް ދަސްކޮށްފިކަމެވެ. ވަކި މީހަކަށްވުރެ ޕާޓީ ބޮޑުކަމާއި ޕާޓީގެ ކުރިމަގުއޮތީ ވަކި މީހަކާއެކުގައި ނޫންކަން ގަބޫލުކުރަމުން އަންނަކަމެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ ރާއްޖޭގެ ޑިމޮކްރަސީގެ ބިންގާކަން ސާބިތު ކޮށްދިނުމުގައި މެންބަރުން ދެމިތިބިކަމެވެ. 

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އެމްޑީޕީ މެންބަރަކު ހުންނެވިނަމަ އެހިނދެއްގައި އެމްޑީޕީގެ އިސްލީޑަރަކީ އެބާފުޅާކަން އެމްޑީޕީގެ އަސާސީ ގަވައިދުގައި ލިޔެފައި އޮތީ އޮޅުމަކުން ނޫނެވެ. އެހެން އޮތުމަކީ އެމްޑީޕީގެ ރައީސާއި ޗެއަރޕަރސަންގެ ދައުރު ހަނިކުރުމެއްވެސް ނޫނެވެ. ގައުމީ ސިޔާސަތުތަކާއި ޕާޓީ ސިޔާސަތުތައް ފުށުނާރާހެން ގައުމާއި ޕާޓީ ހިންގުން އެއީ އެހެން ލިޔުމުގެ ބޭނުމެވެ. 

ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް މިއަދު ވެރިކަން އޮތީ އެމްޑީޕީއަށެވެ. ރާއްޖޭގެ ރައީސް ކަމުގައި މިއަދު އެހުންނެވީ އެމްޑީޕީގެ އިސްލީޑަރެވެ. އެމްޑީޕީގެ ސިޔާސަތުތަކާއި ހަރަކާތްތައް ބައްޓަންވެ ހިނގަންވާނީ އިސްލީޑަރުގެ ސިޔާސަތުތަކާއި އެއްގޮތަށެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ އިސްލީޑަރާއެކު އޮންނަނީ ސަރުކާރުގެ ސިޔާސަތާއި އެމްޑީޕީގެ ސިޔާސަތު ދިމާވާތީއެވެ. ވަކި ބޭފުޅަކު ބޭނުންފުޅުވެ ވަޑައިގަންނަވާހާ ގޮތެއް ޕާޓީގެ ތެރޭގައާއި ސަރުކާރުގައި ނުހިނގުމަކީ މުޅިން އެހެން ކަމެކެވެ. 

ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ރައީސް ކަމުގައި ހުންނެވިޔަސް އެބޭފުޅަކު ރަށްރަށަށް ވަޑައިގަންނަވާއިރު އަމިއްލަފުޅު ޕާޓީގެ މެންބަރުންނާއި ވަކިން ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވާ ޕާޓީގެ ހަރަކާތްތަކާއި ގުޅޭ މައުލޫމަތު ހޯއްދަވާނެއެވެ. އެހާލަތުގައި އެތަންތާ ތިއްބެވި ޕާޓީގެ މެންބަރުން އެބޭފުޅަކަށް ނިސްބަތްކޮށް އަރުވާ ޝަރަފަކީ ނުވަތަ ދޭ ހައިސިއްޔަތަކީ އެ މެންބަރުންނާއި އެބޭފުޅަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަންކަންކަމެވެ. ރައީސް ސާލިހު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ބައްދަލުވުންތަކުގައި ދަމާ ފޮތިތަކުގައި ރައީސުލްޖުމްހޫރިއްޔާއޭ ނުޖަހާ 'އިސްލީޑަރ' ކަމަށް ޖަހަނީ އެމެންބަރުން ބޭނުންވެގެންނެވެ. ޕާޓީއާއި ރައީސާއި އޮތް ކުލުނުވެރި ގުޅުން ރަމްޒު ކުރުމުގެ ގޮތުންނެވެ.

ރައީސް ސާލިހު އެކުރައްވަނީ ޕާޓީ އެއްބައިވަންތަކޮށް ބައިބައިވުންތައް ނައްތާލެއްވުމުގެ މަސަކައްތެވެ. އެމަސައްކަތުގައި ނިސްބަތްކުރާ ނަމަކީ އެމަނިކުފާނަށް އެހާ މުހިންމުކަމެއް ނޫނެވެ. ކޮންމެ ނަމަކުން ނިސްބަތް ވިޔަސް ޕާޓީ އެއްބައިވަންތަވެ އެކަތިގަނޑަކަށް ހެއްދެވުން ނޫން އެހެން ވިސނުންފުޅެއް ރައީސް ސާލިހުގެ އޮތްކަމަކަށް ނުވިސްނެއެވެ.

ޕީޕީއެމް ދެފަޅިވެގެން ދިޔަގޮތަށް އެމްޑީޕީ ދެފަޅި ކޮށްލުމުގެ ވިސްނުން ބައެއްގެ އަމާޒަކަށް ފަހަރުގައި ވެދާނެއެވެ. ވިސްނާލަން އެއީ ރަނގަޅު ތަޖުރިބާއެކެވެ. އޭގެ ނަތީޖާ އައިގޮތް އެއީ ހެޔޮވަރުގެ ފިލާވަޅެކެވެ. ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ގަދަ ހިފުން ނިމިގެން ދިޔަގޮތް ހިތަށް ގެންނަވާށެވެ. އޭރު އެޕާޓީގެ ގިނަބައެއްގެ ރޫޙީ ލީޑަރަކީ ރައީސް މައުމޫނެވެ. މުޅި ޕާޓީގެ ތާއީދު ބިނާވެފައި އޮތީ ރައީސް މައުމޫނުގެ ފިކުރުފުޅު މަތީގައެވެ. ޕާޓީ ރޫޅުމުން ކެހިލިބި ވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށް އޭރު ބަޔަކު ދުއްޓެވެ. ވާނީ އެހެންތާއެވެ. އެއިރު ރައީސް ޔަމީނަކީ އެހާ މަގުބޫލު ބޭފުޅެއް ނޫނެވެ. ރައީސް ކަމަށް ހޮވިވަޑައިގަތީވެސް ރައީސް މައުމޫނުގެ ހިޔަނީގައެވެ. އެހެން ނަމަވެސް ނަތީޖާ ލިބުނީ ކިހިނެއްތޯއެވެ. މުޅި ޕީޕީއެމްހެން ރައީސް ޔާމީނުގެ ފަހަތްޕުޅަށް އެރިތަން ފެނިގެން ދިޔައީ ކުޑަ ދުވަސް ކޮޅެއްގެތެރޭގައެވެ. އެންމެ ފަހުން ރައީސް މައުމޫނު އުފެއްދެވި ޕާޓީ އަތްޕުޅުން ގެއްލިވަޑައިގެން ޕާޓީން ވަކިވެސް ކުރެވުނީއެވެ. ވަރަށް ވަފާތެރި މަދު ބޭފުޅުން ކޮޅެއް ނޫން ބަޔަކު ރައީސް މައުމޫނު ފަހަތްޕުޅުގައިނެތެވެ.

ޕިޕީއެމްއާއި އެންމެ ވިސްނުން އެއްގޮތްނޫން އެމްޑީޕީއާއެކު ބައިވެރިވެވަޑައިގެން ރައީސް މައުމޫނު ސިޔާސީ މަސައްކަތްޕުޅު ކުރައްވަން ފެއްޓެވުމާއެކު ޕީޕީއެމްގައި ތިބި ރައީސް މައުމޫނަށް ވަފާތެރި އެތައް ބަޔަކުވެސް ރައީސް މައުމޫނާ ދުރަށް ދިޔައެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެންމެ ނުފޫޒުގަދަ ބޭފުޅާގެ ސިޔާސީ ބުރަދަން ބޮޑުތަނުން ލުއިވެގެން ދިޔައެވެ. ރައީސް މައުމޫނު ނޫން ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެކަމަށް އެތައް ބަޔަކު ގަބޫލުކުރި ޒަމާން އެއީ މާޒީއެވެ. މައުމޫން މިހާރު އެއުޅުއްވަނީ ޕާޓީއަށް މެންބަރުން ހަމަ ނުކުރެއްވިގެންނެވެ. 

ވިސްނާ ވަޑައިގަންނަވާށެވެ. ތާއީދާއި ބާރު ބަދަލުވުމުގައި މިދަންނަވާލީ ކަން ހިނގާފަހުރި ގޮތްގޮތެވެ. އެލަނޑު އެމްޑީޕީއަށް ދޭން ވާދަވެރިން އެތިބެނީ ބަލަބަލައެވެ. ދެލީޑަރުން ކޯޅުމެއްގެ ތެރެއަށް ވައްޓާލައިގެން އެމްޑީޕީ ރޫޅާލުމަކީ ވާދަވެރިންގެ އަމާޒެކެވެ. އެމަޅީގައި ޖެހުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތަކަށް ނުވާނެއެވެ. އެހެނަސް އެމްޑީޕިގެ މިއަދުގެ ހަގީގަތަށް ބަލާލުމުން ފެންނަނީ ޕީޕީއެމް ކުރި ތަޖުރިބާއާއި ދިމާލަށް ގެންދާތަނެވެ. އުފާވާކަމަކީ ފާޅުގައި ނިކުމެވަޑައިގެން ރައީސް ސާލިހު ވާދަވެރި ލީޑަރާއި ދެކޮޅަށް ބަސްފުޅުވިދާޅުވެ ކަންކަން ކުރައްވާތަން ނުފެނުމެވެ. ކޮންމެ ކަމެއްގައިވެސް ރައީސް ސާލިހު ގެންގުޅުއްވަނީ ހިކުމަތު އަމަލީއެވެ. އިސްކުރައްވަނީ ބުއްދިއެވެ. ޚިޔާލު ތަފާތު އެތައް ބޭފުޅުން ސަރުކާރު ހިންގުމުގައި ބައިވެރި ކުރައްވައިގެން އެއުޅުއްވަނީ ގައުމީ ވިސްނުންފުޅެއްގައެވެ. މިދަންނަވަނީ ހަމައެކަނި ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިންގެ ވާހަކައެއްނޫނެވެ. އަމިއްލަފުޅު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ވެރިންގެ ވާހަކަވެސް މެއެވެ. 

އާނއެކެވެ. އެމަނިކުފަނު ބޭނުންފުޅުނަމަ ސަރުކާރު ހިންގުމުގެ ކުޅިބައި ބޭނުންފުޅު ގޮތަކަށް ބަދަލުކޮށްލުމަކީ ދާދި ފަސޭހަކަމެކެވެ. އެކަން އެހެން ނުކުރެއްވުމުގެ އެންމެބޮޑު އެއް މަގުސަދެއްކަމަށް ބެލެވެނީ ޕާޓީ ބައިބައި ކޮށްލުމުގެ ވިސްނުންފުޅު ނެތުން ކަމަށް ބެލެވެއެވެ. އެމްޑީޕީގެ މިއަދުގެ ހާލަތަށް ބަލާލުމުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް ސާލިހާއި އެކުގައި އޮތްތަނެވެ. ގައުމީ މަޖިލީހުގެ މެޖޯރިޓީވެސް ރައީސް ސާލިހާއި އެކު އޮތްކަމަށް ބެލުމަށް ބާރުލިބޭ އެތައް ކަމެއް އެބަފެނޭވެސް މެއެވެ.

އާއްމުމެންބަރުން ތިބިތަން ފެންނަނީ ނިކަން ރަނގަޅަށް އެމްޑީޕީގައެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ބައިވެގެން ދާހަލަތެއް އަޔަސް އެމްޑީޕީގެ ގިނަބަޔަކު ތިބޭނީ އެމްޑީޕީ އޮތް ތަނެއްގައެވެ. ވާދަވެރި ޕީޕީއެމްއާއި އެކު ސިޔާސީ މަސައްކަތް ކުރައްވާ ލީޑަރެއްގެ ފަހަތަށް ދާނެކަމަށް ބެލެވެނީ ވަރަށް މަދުބައެކެވެ. ރައީސް ސާލިހާއި ރައީސް ނަޝީދުވެސް މިހިރަ މިހިރަ ކަންކަމަށް ވިސްނާވަޑައިގަންނަވާނެއެވެ. އެނގޭހަވެސް ކަމަކީ ރައީސް މައުމޫނާއި ރައީސް ޔާމީނުގެ ތަޖުރިބާއަކީ އެމްޑީޕީއަށް ރަނގަޅު މިސާލެއްނޫން ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

23 ޖެނުއަރީ 2018
ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟

ވެރިކަން ކުރެއްވުމުގެ ގާބިލުކަން ރައީސް ޔާމީނުގެ އެބަހުރިތޯ؟

23 ޖެނުއަރީ 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު