Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާފަރު ކައުންސިލަރުންނާ ބައްދަލުކުރެއްވުން

ނާއިބުރައީސް، ގާފަރު ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

23 އޯގަސްޓު 2021 | ހޯމަ 07:38

ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 އޯގަސްޓު 2021 | ހޯމަ 07:38
ކ. ގާފަރު ކައުންސިލަރުންނާއި ނާއިބުރައީސް ބައްދަލުކުރެއްވުން

ކ. ގާފަރު ކައުންސިލަރުންނާއި ނާއިބުރައީސް ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރު ކައުންސިލަރުންނާ ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި ދެންނެވިއެވެ. ހަމަ އެއާއެކު އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުންވަނީ އެމަނިކުފާނާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ބޭނުންވާކަން ފާހަގަކުރައްވައި އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރެވެންހުރިކަންކަން ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައި ހިންގުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

21 މެއި 2017

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި

21 މެއި 2017
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ނާއިބު ރައީސްއާ ބައްދަލުކުރައްވައިފި
22 އެޕްރީލު 2017

މެންބަރު ސައުދު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

22 އެޕްރީލު 2017
މެންބަރު ސައުދު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި
13 އެޕްރީލު 2017

ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

13 އެޕްރީލު 2017
ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
20 މާރިޗު 2017

ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

20 މާރިޗު 2017
ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
10 މާރިޗު 2017

ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި

10 މާރިޗު 2017
ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2017

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް