Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުކަށި ފިކުރު ހުއްޓުވުން

ގާނޫނީ ބާރުން ހަރުކަށި ފިކުރު ހުއްޓުވުމަށް މަޝްވަރާކޮށްފި

23 އޯގަސްޓު 2021 | ހޯމަ 06:52

ފަހަކަށް އައިސް ހަރުކަށި ފިކުރުގެ ވާހަކަތައް ދެއްކޭ މިންވަރު ވަނީ އިތުރުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 އޯގަސްޓު 2021 | ހޯމަ 06:52
ހަރުކަށި ފިކުރު ހުއްޓުވުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން

ހަރުކަށި ފިކުރު ހުއްޓުވުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން

ގާނޫނީ ބާރު ލިބިގެން ހަރުކަށި ފިކުރު ހުއްޓުވަން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވަނީ އިސްލާމް ދީނާ ދެކޮޅު ފިކުރުތަކާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ގާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ހައްލު ކުރުމަށާއި، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްވިފައިވެއެވެ. މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި އަމަލުތަކާއި، އިސްލާމީ އަހުލާގީ މިންގަނޑުންބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކުރެވި، މިކަންކަން ހައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިހާރު ރާއްޖޭގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ހަރުކަށި ފިކުރުގެ ވާހަކައެވެ. މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ވާހަކަތައް ދެކެވޭ މިންވަރު ވަނީ އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް