Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެމްކޯގެ މަސައްކަތްތަކަށް ބަދަލު ގެނައުން

"ވެމްކޯއިން މަސައްކަތްކުރަނީ ހަވާލުކުރާ މަސައްކަތްތައް މުސްތަޤިއްލުކަމާއެކު ނިންމުމަށް"

22 އޯގަސްޓު 2021 | އާދީއްތަ 17:36

އޯގަސްޓް 21ން ފެށިގެން ގޭގެއަށް ވަދެގެން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް މުޢިއްޒު ވިދާޅުވެފައިވޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 22 އޯގަސްޓު 2021 | އާދީއްތަ 17:36
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން މަސައްކަތްކުރަނީ މުސްތަޤިއްލުކަންމަތީގައި, ހަވާލުކުރާ މަސައްކަތްތައް ނިންމުމަށްކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޒަމާނުއްސުރެވެސް އެކުންފުނިން މަސައްކަތް ކުރަމުން އައީ ކުނީގެ މައްސަލަ ހައްލުކުރުމުގެ ބޮޑު ޒިންމާ އަދާކުރުމަށް, ވަގުތާއި ހާލަތާ ގުޅޭގޮތުން, މުސްތަޤިއްލުކަންމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެގޮތުން ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް ފުލުހުންނާއި ސިފައިންނާ އެއްސަފެއްގައި ވެމްކޯގެ ވެށިފާރަވެރިން ކުރި މަސައްކަތަކީ ޤައުމު ބަލައިގެންފައިވާ އަގުހުރި މަސައްކަތްތަކެއްކަމަށެވެ.

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އެކި އަމާޒުތައް ކަނޑައަޅާ, އަވަސް އަދި ނަތީޖާ ނިކުންނަ މަސައްކަތްތަކެއް ކުރުމަށް ކުންފުނިން މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މި ވަގުތު ކުންފުނިން މައިގަނޑު ދެ އަމާޒެއް ހާސިލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީ ގޮނޑުން ދުންއެރުން ހުއްޓުމަކަށް ގެނައުމަށް އޭޑީބީގެ ތަޖުރިބާކާރުންނާއެކު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާއިރު، ވެމްކޯގެ އެހެނިގެން މަސައްކަތްތަކަށް ބުރުލެއް ނާރާތޯ ޔަޤީންކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ ޓްރާންސްފަރ ސްޓޭޝަން ތަރައްޤީކުރުމަށް ކުރާ މަސައްކަތަކީވެސް މިނިސްޓްރީތަކާއެކު ކުރަމުންދާ މަސައްކަތެއްކަމަށެވެ. ވެމްކޯއިން މަސައްކަތް ކުރަނީ އެއްވެސް ބައެއްގެ އަމުރަކާ ނުލައި، މުސްތަޤިއްލުކަންމަތީކަން ފާހަގަކުރައްވާ އާދަމް ވަނީ ކުންފުނީގެ މަސައްކަތްތަކުގެ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކާއި ހިއްސާކުރަނީ ވިޔަފާރިއަށް ހުއްޓުން އެރިޔަ ނުދިނުމާއި، ކަން ހިނގާގޮތް އެ ފަރާތްތަކަށް އަންގައިދޭން ބޭނުންވާތީކަމަށެވެ.

މާފަންނު ރައްޔިތުންނާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ އޯގަސްޓް 21ން ފެށިގެން ގޭގެއަށް ވަދެގެން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. އެކަމަށް ވެމްކޯއިން އެއްބަސްވެ އަމަލުނުކުރާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އާދަމް ވަނީ އެ ފަދަ ގޮތަކަށް އެއްބަސްވެފައި ނުވާނެކަމަށް ވިދާޅުވެފައެވެ. މި ގޮތަށް ބަދަލު ގެންނަން ކުންފުނިންވެސް ބޭނުންވާކަމަށާއި، އެހެނަސް އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ޤައުމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އަދިވެސް އޮތުމުން އެޗްޕީއޭއާއި މަޝްވަރާކުރަން ޖެހޭކަމަށާއި, މި ސަބަބަށްޓަކައި މި ނިންމުން ނިންމާނީ ވެމްކޯއިން އަމިއްލައަށްކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ސޯޝަލް މީޑިއާގައި ސިޓީ ކައުންސިލްގެ މެމްބަރުން ޖަދަލުކުރެއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އާދަމް ސިފަކުރެއްވިއެވެ. ސިޓީ ކައުންސިލުންވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރާކަމަށް ވިދާޅުވެ، ވެމްކޯގެ އެމްޑީ ވަނީ, ޚިޔާލު ތަފާތު ކައުންސިލުތަކާއެކުވެސް މަސައްކަތް ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާފަންނު ރައްޔިތުންނާ އެއްކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ މަގުތަކަށް ކުނި ނެރެފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމެއްކަމަށެވެ. އަދި ނިއު ނޯމަލްއަކަށް އައިސްފައިވާއިރު އަލުން, ޚިދުމަތް ދޭ ގޮތަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއްކަމަށެވެ. ވެމްކޯއިން މީގެ ކުރިންވެސް ވަނީ މޭޔަރުގެ ނިންމެވުމަކީ ވެމްކޯގެ މަޝްވަރާ ނެތި ނިންމެވި ނިންމެވުމެއް ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!

13 ސެޕްޓެމްބަރު 2017
ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!
28 އޯގަސްޓު 2017

ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް

28 އޯގަސްޓު 2017
ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް
08 ޖުލައި 2017

އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!

08 ޖުލައި 2017
އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!
26 މެއި 2017

މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް

26 މެއި 2017
މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް
27 އެޕްރީލު 2017

މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް

27 އެޕްރީލު 2017
މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް