Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލް ކެފޭ

މެންޑޭޓަކީ ކެފޭ ހިންގުމެއް ނޫން، ކެފޭ ހަވާލުކުރާނީ ތަޖުރިބާ ހުރި ފަރާތަކާ: އެމްޕީއެލް

މަހަކު ހަތަރު ލައްކަ އަށް ވުރެ ބޮޑު ގެއްލުމެއްވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 މެއި 2017 | ހުކުރު 17:14
އެމްޕީއެލްގެ ސީއީއޯ ހަލީމްއާއި އެކި ޑިޕާޓްމެންޓްތަކުގެ ވެރިން

އެމްޕީއެލްގެ ސީއީއޯ ހަލީމްއާއި އެކި ޑިޕާޓްމެންޓްތަކުގެ ވެރިން

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވި ނޯތް ޕޯޓް ކެފޭގެ އެއްވެސް މުވައްޒަފަކު އަދި ވަކި ނުކުރާ ކަމަށާއި، އެ ކުންފުނީގެ މެންޑޭޓަކީ ކެފޭ ހިންގުން ނޫން ކަމަށް އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ނޯތް ޕޯޓް ކެފޭގެ އެއްވެސް މުވައްޒަފަކު ވަކި ނުކުރާ ކަމަށް އެމްޕީއެލްއިން ބުނިއިރު، އެ ކެފޭގައި މަސައްކަތް ކުރަމުން ދިޔަ ފަންސާހަކަސް މުވައްޒަފުން ގޭގައި މަޑުކުރުމަށް ވަނީ އަންގާފަ އެވެ. ކެފޭ ބަންދުކޮށް މުވައްޒަފުންނަށް ގޭގައި މަޑުކުރުމަށް އެންގި އިރު، މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތެއް އަންގާނީ ރަމަޟާން މަހަށް ފަހު ކަމަށް ކުންފުނިން ބުނެފައިވާ ކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ.

އެމްޕީއެލް އިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ނޯތް ޕޯޓް ކެފޭއިން މަހެއްގެ މައްޗަށް ހަތަރު ލައްކަ ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑު އަދަދަކުން ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެމްޕީއެލްގެ މެންޑޭޓަކީ ކެފޭ ކަހަލަ ތަންތަން ހިންގުމެއް ނޫން، އޮޕަރޭޓް ކުރުމެއް ނޫން، އެމްޕީއެލްގެ މައިގަނޑު މަގްސަދަކަށް މިވަނީ ޕޯޓް ތަރައްގީކޮށް ޕޯޓުން ދޭންޖެހޭ ޚިދުމަތްތަށް ފުޅާކޮށް، އެއަށް ބޮޑަށް ފޯކަސް ކުރުން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ކެފޭ ހުޅުވިތާ މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް އެކަށީގެންވާ ނަތީޖާއެއް ފެންނަމުން ނުދާ ކަމަށާއި އެހެންކަމުން ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން ނިންމާފައިވަނީ އެއަށް ވުރެ ރަނގަޅަށް ކެފޭ ހިންގުމަށް ރީސްޓްރަކްޗާކޮށް ރީއޯގަނައިޒް ކުރުމަށް ކަމަށެވެ.

"ރޯދަ މަހަކީ ދުވާލު ގަޑީގައި ކެފޭތައް ހުޅުވައިގެން ޚިދުމަތްދޭ ތަންތަނެއް ނޫން، އެހެންވީމަ ރޯދަ މަހާ ދިމާކޮށްފަ ކެފޭ ބަންދުކޮށްފަ، އެތަން ރިއޯގަނައިޒްކޮށް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފެށީ، މުވައްޒަފުންނަށް އެއްވެސް ކަހަލަ ދަތިތަކެއް ދިމާވާނެ ގޮތަކަށް އަޅުގަނޑުމެންގެ ސްޓްރެޓަޖީތަކެއް ނުރާވާނަން،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްޕީއެލްގެ ވިސްނުން މިހާރު ހުރީ ކެފޭ ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކާ ހަވާލުކޮށްގެން، ދެމެހެއްޓެނެވި ގޮތެއްގައި ކެފޭ ހިންގުމަށް ކަމަށެވެ. އަދި އެގޮތަށް ކެފޭ އައުޓްސޯސް ކުރާއިރު މިހާރު ތިބި މުވައްޒަފުންނަށް ވަޒީފާ ލިބޭނެ ފަދަ ގޮތެއް ހެދުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޯތް ޕޯޓް ކެފޭ އާއެކު، އެ ސަރަހައްދުގައި ހުޅުވާފައި ހުރި ޖޫގޯ ފިހާރަ ވެސް ވަނީ ބަންދުކޮށްފަ އެވެ. ޖޫގޯ ފިހާރައާއި ކެފޭ އަކީ އެމްޕީއެލް ކޯޕަރޭޓިވް ސޮސައިޓީގެ ދަށުން، އެކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދުގެ އިސްނެންގެވުމާއެކު ހުޅުވި ދެ ތަނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު