Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނަށް ސުލްހަ ގެނައުމުގެ މަސައްކަތް

އަފްޣާނިސްތާނަށް ސުލްހަ ގެނައުމުގެ މަސައްކަތުގައި އުރުދުޣާންއާއި ޕުޓިން އެކުގައި މަސައްކަތްކުރައްވަނީ

ރަޝިޔާގެ ރައީސް ޕުޓިންއާއި ތުރުކީގެ ރައީސް އުރުދުޣާން ވަނީ އަފްޣާނިސްތާނުގެ މަސްރަހާ ގުޅޭގޮތުން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 19:03
ތުރުކީގެ ރައީސް އުރުދުޣާންއާއި ރަޝިޔާގެ ރައީސް ޕުޓިން 2017ވަނަ އަހަރު ބައްދަލުކުރައްވަނީ

ތުރުކީގެ ރައީސް އުރުދުޣާންއާއި ރަޝިޔާގެ ރައީސް ޕުޓިން 2017ވަނަ އަހަރު ބައްދަލުކުރައްވަނީ

ޠާލިބާންގެ ބާރުގެ ދަށުގައިވާ އަފްޣާނިސްތާނަށް ސުލްހަ ގެނައުމުގެ މަސައްކަތުގައި ރަޝިޔާއާއި ތުރުކީން ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުގެ ރައީސުން އެއްބަސްވެވަޑައިގެންފިއެވެ.

އެގޮތުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާއި ތުރުކީގެ ރައީސް ޠައްޔިބް އުރުދުޣާންއާ ދެބޭފުޅުން ފޯނުން ވާހަކަދައްކަވައި, ވަނީ އަފްޣާނިސްތާނުގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި ޓެރަރިޒަމާއި ޑްރަގް ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާޅުކުރެއްވިކަމަށް, އެކަމާއި ގުޅިގެން ރަޝިޔާ ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އުރުދުޣާން ވަނީ މީގެކުރިންވެސް އަފްޣާނިސްތާނުގައި ބާރުތައް ބަދަލުކުރުމުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރިޔަށްދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ކަންތައް ކުރިފަދައިން ޠާލިބާނުން މިފަހަރު ކަންކަން ނުކުރާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދެ ބޭފުޅުން ފޯނުން ދެއްކެވި ވާހަކަފުޅުގައި އުރުދުޣާން ވަނީ އަފްޣާނިސްތާނުގައި ދެން އެކުލެވޭ ސަރުކާރަކީ އަފްޣާނިސްތާނުގެ ހުރިހާ ދަރިކޮޅަކާއި ނަސްލެއްގެ ޝާމިލްވުމާއެކު އުފެދޭ ސަރުކާރަކަށް ވާންވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އުރުދުޣާން ވަނީ ކާބުލްގެ އެއަރޕޯޓް ބެލެހެއްޓުމުގެ ކަންކަން ތުރުކީން މިހާރުވެސް ކުރިޔަށްގެންދާ ގޮތަށް ގެންދިޔުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އެމެރިކާ ސިފައިން، އަފްޣާން ސިފައިން ޓްރެއިން ކުރުމަށް އަފްޣާނިސްތާނަށް

01 މެއި 2017
އެމެރިކާ ސިފައިން، އަފްޣާން ސިފައިން ޓްރެއިން ކުރުމަށް އަފްޣާނިސްތާނަށް
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
15 ފެބުރުއަރީ 2017

ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ

15 ފެބުރުއަރީ 2017
ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު