Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރުން

"ޗޭންޖް އެންޑީއޭ" ޕެޓިޝަނުގެ ދިރާސާ ހެދުމަށް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކުރަނީ

21 އޯގަސްޓު 2021 | ހޮނިހިރު 01:41

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ފެށީ މިއަހަރުގެ މާރޗް މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 01:41
ނޭޝަނަލް ޑްރަޖް އެޖެންސީ (އެންޑީއޭ)

ނޭޝަނަލް ޑްރަޖް އެޖެންސީ (އެންޑީއޭ)

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ޗޭންޖް އެންޑީއޭ 2020" ޕެޓިޝަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް ނިންމައިފިއެވެ.

މިޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ޕެޓިޝަން ކޮމިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރ އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ މިޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން މިއަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހު ފަށާފައިވާކަމަށެވެ. މި ޕެޓިޝަން ހައިތަމް ސްޕޮންސަރ ކުރައްވާ ހުށަހަޅުއްވާފައިވަނީ 1050 ސޮޔާއެކު އެވެ.

Advertisement - newsAdvertisement

ކޮމިޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށާއި، އޭގެ ދަށުން ހިންގަމުން އަންނަ ރިހެބް ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހުރި ހާފްވޭ ހައުސްއަށާއި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ، ހދ. ހަނިމާދޫ އަދި ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް މިހާރު ޒިޔާރަތްކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ، މީގެ އިތުރަށް ކ. ގުޅީގައި ގާއިމްކޮށްފައިވާ ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރަށާއި، މާލޭގައި ހުންނަ އެންޑީއޭގެ މައި މަރުކަޒަށް ޒިޔާރަތްކުރަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމިޓީގެ ބަޔާނުގައި ބުނީ މަސްތުވާތަކެތީގެ މައްސަލަތަކަކީ މުޖުތަމައަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލަ ކަމަށާއި، މިކަމުގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އާއިލާތަކުން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެންޑީއޭ ގެ މަސައްކަތްތައް ރިފޯމް ކުރުމަށް ގިނަ ބަޔަކު ގޮވަމުން ދަނިކޮށް ޕެޓިޝަނެއް މަޖިލީހަށް ހުށައަޅާފައިވަނީ ޝޯޝަލް މީޑިއާގައި އެ އެޖެންސީ އަށް ބޮޑެތި ފާޑުކިތުންތައް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ދެވޭ ފަރުވާ މިހާރަށްވުރެ ހަރުދަނާ ކުރަން ގޮވާލުމުގެ އިތުރުން، އެންޑީއޭގެ ބޯޑު ބަދަލުކުރަން ގޮވާލައި އިހްތިޖާޖުތަކެއްވެސް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް