Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން

ދެ ޑޯޒް ޖެހި މީހުންގެ އަދަދު 298،328ށް

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 364،064ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 02:03
ކޮވިޑް-19 ވެކްސިން ޖެހުން

ކޮވިޑް-19 ވެކްސިން ޖެހުން

ދިވެހި ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 298،328ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 772 މީހުން ވަނީ ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 470 މީހުންނާއި އަތޮޅުތަކުން ދެ ވަނަ ޑޯޒް ޖެހި 302 މީހުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 4417 މީހުން ވަނީ ޖަހާފައެވެ. އޭގެތެރެއިން 1143 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. 3274 މީހުން ދެވަނަ ޑޯޒް ޖަހާފައިވަނީ އަތޮޅުތަކުގައެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 364،064ށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޮފަރމް ވެކްސިން، ފައިޒަރ ވެކްސިން އަދި އެސްޓްރަޒެނިކާ ވެކްސިނެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ޖަހާ 6 ސެންޓަރާއި، 3 މޮބައިލް ޓީމެއް މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަތޮޅުތެރޭގައި 176 ވެކްސިން ސެންޓަރު ގާއިމްކުރެވިފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިންގެ ދެޑޯޒް ދިނުމަށް މިހާރު ވަނީ ވެކްސިން ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގެ އިތުރުން އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ކެމްޕެއިނެއް މިހާރު ވަނީ ފަށާފައެވެ.

މީގެއިތުރުން ވެކްސިންގެ ދެ ޑޯޒް ޖަހާ މީހުންނަށް ގިނަ ލުއިތަކެއް ދޭނެކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު