Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ކޮވިޑް ފެތުރުން

ކޮވިޑްގެ ކޭސްތައް ގިނަވެ ލަންކާ ލޮކްޑައުން ކޮށްފި

ހުކުރު ދުވަހުގެ ރޭ 10:00ން ފެށިގެން 10 ދުވަހުގެ މުއްދަތަށް މުޅި ލަންކާ ލޮކްޑައުން ކުރަން ނިންމާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 އޯގަސްޓު 2021 | ހުކުރު 15:15
ކޮވިޑް-19: ސްރީލަންކާގެ ހާލަތު

ކޮވިޑް-19: ސްރީލަންކާގެ ހާލަތު

ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ސްރީލަންކާ ލޮކްޑައުން ކޮށްފިއެވެ.

ލަންކާގެ ހާލަތު ގޯސްވަމުން އަންނައިރު މިކަމާ ގުޅިގެން އެގައުމުގެ ސިއްހީ ޚިދުމަތްތެރިންނާއި ސިޔާސީ އިސް ބޭފުޅުންނާއި ވިޔަފާރިވެރިން ވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމު ލޮކްޑައުން ކުރުމަށް ގޮވާލާފައެވެ.

އެފަރާތްތަކުން މިހެން ގޮވާލާފައިވާ ދަނޑިވަޅެއްގައި ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ ވަނީ, ހުކުރު ދުވަހުގެ ރޭ 10:00ން ފެށިގެން 10 ދުވަހުގެ މުއްދަތަށް މުޅި ލަންކާ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ލަންކާގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު ފާއިތުވި ބުދަ ދުވަހު އެގައުމުން މި ބަލީގައި ރިކޯޑު އަދަދަކަށް މީހުން ވަނީ މަރުވެފައެެވެ. ބުދަ ދުވަހު އެގައުމުގައި 187 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު, އެގައުމުން މިހާތަނަށް 373,165 މީހަކަށް ކޮވިޑް ޖެހިގެންވަނީ ރިޕޯޓު ކޮށްފައެވެ. އަދި ޖުމްލަ 6,790 މީހަކު ކޮވިޑް ބަލީގައި އެގައުމުން ވަނީ މަރުވެފައެވެ. ލަންކާގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ޑޮލަރުގެ ދަތިކަން ބޮޑުވެ, ލަންކާގައި ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ.

އަގު ބޮޑުވެގެން ބައެއް ތަކެތި ނުލިބިދާނެކަމުގެ ބިރާއެކު ރައްޔިތުންވަނީ ފިހާރަތަކާއި ޕެޓްރޯލް ޝެޑްތައްދޮށުގައި ކިޔޫ ހަދާފައެވެ. ޕެޓްރޯލާއި ޑީސެލްގެ ސްޓޮކް މަދުވެފައިވާކަން އެ ގައުމުގެ އެނަރޖީ މިނިސްޓަރ އިއުލާނު ކުރެއްވުމާއެކު ކޮލަމްބޯއާއި އެހެން ހިސާބުތަކުގެވެސް ޝެޑްތައްދޮށުގައި ވަނީ ކިޔޫ ހަދާފައެވެ. އެނަރޖީ މިނިސްޓަރ ބުނެފައިވަނީ ޕެޓްރޯލް ސްޓޮކް ހުރީ 10 ދުވަހަށް ވާވަރަށް ކަމަށާއި، ޑީސެލް ހުރީ 11 ދުވަހަށް ވާވަރަށް ކަމަށެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު