Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ރޭގަނޑު މެޗު ކުޅުމުން ފަސޭހަތަކެއް ލިބޭނެ: ހަބާސް

މާޒިޔާ އާއި މޯހަން ބަގާނުގެ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 އޯގަސްޓު 2021 | ހޮނިހިރު 03:20
އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް

އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް

ހަވީރުގެ ބަދަލުގައި ރޭގަނޑު މެޗު ކުޅުމުން ފަސޭހަތަކެއް ލިބޭނެ ކަމަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި މޯހަން ބަގާނުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ނުކުތީ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުން މޯހަން ބަގާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ކުޅެން އޮތް މެޗުގެ ކުރިން ހުކުރ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުން މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭސް ހަބާސް ބުނީ ވާދަވެރި މެޗުތަކެއް ނުކުޅެ މިކަހަލަ މުބާރާތެއް ކުޅުން ޖެހުމުން އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ހަވީރު ގަޑީގެ ބަދަލުގައި ރޭގަނޑު މެޗު ކުޅުމުން އެ ޓީމަށް ފަސޭހަތަކެއްވާނެ ކަމަށް ގަބޫލުކުރާ ކަމަށް ހަބާސް ބުންޏެވެ.

މި މުބާރާތަށް މޯހާން ބަގާން ނުކުތްއިރު އެ ޓީމަކީ މި ގްރޫޕްގެ ފޭވަރިޓުންނެވެ. އިންޑިއާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ބިދޭސީ ކުޅުންތެރިންގެ ސޮއިވެސް އެ ޓީމުން ވަނީ މުބާރާތާ ދިމާކޮށް ހޯދާފައެވެ. މާޒިޔާ އާ ބެހޭ ގޮތުން ހަބާސް ބުނީ އެ ޓީމަކީ މޮޅު ޓީމެއް ކަމަށާއި، މެޗުގައި ލިބޭ 90 މިނެޓުގެ ތެރޭގައި މޯހަން ބަގާނުން ކުޅޭނީ ނަތީޖާ ނެރުމުގެ ވިސްނުމުގައި ކަމަށެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު