Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ތ. އަތޮޅު ދަތުރުފުޅު

ރައީސް ތ. އަތޮޅަށް ވަޑައިގަތީ ކައުންސިލްތަކާ ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ - މަބްރޫކް

ރައީސް ވަޑައިގަތީ ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ބެއްލެވުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2021 | ހުކުރު 13:26
ރައީސް، ވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސް، ވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސް ތ. އަތޮޅަށް ވަޑައިގަތީ ކައުންސިލްތަކާ ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރުގޮތުގައި ހުންނެވި, އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުން ޢަބްދުއްރަޙީމް ޢަބްދުﷲ ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ. ރައީސް ތ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުން ދަނިކޮށް ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ, "އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅު ކަޅުފަހަލަފުއްޓާއި ކަނިމީދޫ, އަމިއްލަފުޅު ޖީބަށް ބަރުވާގޮތަށް, ވިއްކާލަން ރާވާފައިވާތީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން ކުރައްވާ ދަތުރުފުޅެއް" ކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ހާމަކަން ބޮޑު ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި މީޑިއާތަކުން ބައިވެރިވި ކަމަށާއި، ރައީސް ބޭއްވި ބައްދަލުވުންތައް ކަވަރު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ރައީސް ވަޑައިގަތީ ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއުތައް ބެއްލެވުމަށާއި، ކައުންސިލްތަކާ ގާތުން ސަރުކާރުން މަސައްކަތް ކުރަން ބޭނުންފުޅުވާތީ, ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކަމަށެވެ.

ރައީސް ކުރެއްވި ދަތުރުފުޅުގައި މީޑިއާތަކުން ވަނީ ރައީސްގެ ބައްދަލުކުރެއްވުންތަކުގެ ކަވަރޭޖް ހަދައި, ޚަބަރުތައް ގެނެސްދީފައެވެ. އަދި ކައުންސިލްތަކުގެ ވާހަކަ ގެނެސްދީފައިވާ އިރު އެއްވެސް ކައުންސިލަކުން މިފަދަ ވާހަކައެއް ފާހަގަކޮށްފައެއް ނުވެއެވެ. މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ 7 ރަށަކަށް ރައީސް ވަނީ ވަޑައިގެންފައެވެ. އަދި އެ ރަށްްރަށުގެ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައިވެއެވެ.

ޢަބްދުއްރަޙީމް މިފަދަ ތުހުމަތެއް ކުރައްވާފައިވަނީ އެމްއެމްޕީއާރުސީގެ އިތުރު މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށެވެ. ނިމިގެންދިޔަ ސަރުކާރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުރަށްތަކާއި, ފަރުތަކާއި, ފަޅުތައް ނުއަގުގައި ވިއްކާލައި އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ދައުލަތުގެ އިދާރާތަކުން އަންނަނީ ބަލަމުންނެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ, 5 އަހަރުގެ ޖަލު ހުކުމެއް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ.

މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ބައެއް މައްސަލަތައް މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު