Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ޓޫރިސްޓް ބެޑް ކެޕޭސިޓީ

ފަތުރުވެރިންނަށް ޚިދުމަތްދޭން އޮޕަރޭޓްކުރާ އެނދުގެ އަދަދު 50,040ށް

20 އޯގަސްޓު 2021 | ހުކުރު 12:39

ރާއްޖޭގައި އޮޕަރޭޓްކުރެވޭ 54,652 އެނދުގެ ތެރެއިން 50,040 އެނދު ވަނީ މިހާރު އޮޕަރޭޓްކުރަން ފަށާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 އޯގަސްޓު 2021 | ހުކުރު 12:39
ހުޅުމާލޭގެ ގެސްޓްހައުސްއެއް

ހުޅުމާލޭގެ ގެސްޓްހައުސްއެއް | ރާއްޖެއެމްވީ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ޚިދުމަތްދޭން އޮޕަރޭޓްކުރާ އެނދުގެ އަދަދު 50,040ށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އޮޕަރޭޓްކުރެވޭ 54,652 އެނދުގެ ތެރެއިން 50,040 އެނދު ވަނީ މިހާރު އޮޕަރޭޓްކުރަން ފަށާފައެވެ. މިއީ 813 ޓޫރިސްޓު ފެސިލިޓީގައި އޮޕަރޭޓްކުރަމުންދާ އެނދުގެ އަދަދެވެ.

މިހާރު އޮޕަރޭޓްކުރަމުންދާ ފެސިލިޓީތަކަށް ބަލާއިރު، 156 ރިސޯޓުގައި 36,932 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި 142 ސަފާރީގައި 2،786 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

އޭގެ އިތުރުން، 10 ހޮޓެލް ގައި 1,362 އެނދު, އަދި 505 ގެސްޓް ހައުސްގައި 8,960 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅެއްގެ 72 ރަށެއްގައި މިހާރު ގެސްޓް ހައުސްގެ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފެސިލިޓީ އޮޕަރޭޓްކުރަމުންދަނީ ކ. އަތޮޅުގައެވެ. 

ރާއްޖޭގައި އޮޕަރޭޓްކުރާ ގެސްޓް ހައުސްތަކަށް ދިއުމަށް ވަކި ޚާއްސަ އުސޫލުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާއިރު، ގެސްޓް ހައުސްތައް ހުންނަ ރަށުގެ ވެކްސިނޭޝަން ރޭޓަށް ބަލައި ބޮޑެތި ލުއިތައް ލިބޭގޮތަށް ވަނީ ހަމަަޖައްސާފައެވެ. އަދި ފަތުރުވެރިން އައުން އިތުރުވެފައިވާ މި ދަނޑިވަޅުގައި, ގެސްޓް ހައުސްތައް އޮޕަރޭޓްކުރަމުން ދަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް އެކަމަށް ޚާއްސަ ޓީމެއް ޓޫރިޒަމް މިނިސްޓްރީގައި ވަނީ އެކުލަވާލާފައެވެ.

އޭގެ އިތުރުން ފޭކް ބުކިންގގައި މިހާރު ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސައިން (ޙަނަފީ) ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 700،000ށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އަދި ދެ ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން ދަނީ އިންޑިއާ އިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ޖުލައި 2018

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

19 ޖުލައި 2018
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ
28 ފެބުރުއަރީ 2018

ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި

28 ފެބުރުއަރީ 2018
ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި
11 ޖެނުއަރީ 2018

އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި

11 ޖެނުއަރީ 2018
އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި
25 ނޮވެމްބަރު 2017

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!
23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
21 ނޮވެމްބަރު 2017

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ

21 ނޮވެމްބަރު 2017
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ
02 ނޮވެމްބަރު 2017

ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް

02 ނޮވެމްބަރު 2017
ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް
07 ސެޕްޓެމްބަރު 2017

ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ

07 ސެޕްޓެމްބަރު 2017
ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް