Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮޑެގާޑް އާސެނަލަށް ސޮއިކުރުން

އާސެނަލުން އޮޑެގާޑުގެ ސޮއި ހޯދައިފި

އޮޑެގާޑް ވަނީ އާސެނަލާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޯގަސްޓު 2021 | ހުކުރު 12:18
އާސެނަލަށް ސޮއިކުރި ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް

އާސެނަލަށް ސޮއިކުރި ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް

އާސެނަލުން ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑުގެ ސޮއި ހޯދައިފިއެވެ.

އުމުރުން 22 އަހަރުގެ އޮޑެގާޑް ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރެއާލް މެޑްރިޑުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ބަދަލުވެފައެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން އޮޑެގާޑް އާސެނަލާ ގުޅުނުއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި އާސެނަލަށް ކުޅެދިން 20 މެޗުގައި ދެ ލަނޑު ޖަހާފައެވެ.

އެކަމަކު މިދިޔަ ސީޒަން ނިމުމާއެކު އޮޑެގާޑް އަނބުރާ ރެއާލަށް ބަދަލުވިއިރު، އާސެނަލުން މިހާރު ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޮޑެގާޑުގެ ސޮއި ހޯދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުން އޮޑެގާޑުގެ ސޮއި ހޯދީ 35 މިލިޔަން ޔޫރޯއަށެވެ. އަދި ބޯނަހާއެކު އާސެނަލުން އޮޑެގާޑަށް ޖުމްލަ 40 މިލިޔަން ޔޫރޯ ޚަރަދުކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޮޑެގާޑް ވަނީ އާސެނަލާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އާސެނަލުން ބޭނުންވާނަމަ، އިތުރު އެއް އަހަރަށް އޮޑެގާޑް އެ ޓީމުގައި ބެހެއްޓުމުގެ ފުރުސަތުވެސް އެ ޓީމަށް ލިބިގެންދެއެވެ.

ދާއިމީ އެއްބަސްވުމެއްގެ ދަށުން އޮޑެގާޑް އާސެނަލަށް ބަދަލުވިއިރު، 2017 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަނުގެ ނިޔަލަށް އޮޑެގާޑް ވަނީ ލޯނު އުސޫލުން އެކި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން މީގެ ކުރިން ނެދަލެންޑްސްގެ ކުލަބުތަކަށް ކުޅުމަށްފަހު އޭނާ ވަނީ ލޯނު އުސޫލުން ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށްވެސް ކުޅެފައެވެ.

އާސެނަލުން އޮޑެގާޑުގެ ސޮއި ހޯދިއިރު، ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލުގެ ސޮއި ހޯދުމާ ގާތަށް އާސެނަލް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު