Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާނުގެ މަސްރަހު

ފާއިތުވި 20 އަހަރު އެމެރިކާއިން ވަނީ އަފްޣާނިސްތާނު ދުނިޔޭގެ ޑްރަގް ލެބޯޓްރީއަކަށް ހަދާފައި: ރަޝިޔާ

ޑްރަގް ޓްރެފިކް ކުރުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި އެމެރިކާއިން އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ސަރުކާރުން މަސައްކަތްކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ޑްރަގްސް އުފެއްދުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 އޯގަސްޓު 2021 | ބުރާސްފަތި 18:15
އަފްޣާނިސްތާންގެ ދަނޑުވެރިންތަކެއް އޮޕިއަމް ހައްދަނީ

އަފްޣާނިސްތާންގެ ދަނޑުވެރިންތަކެއް އޮޕިއަމް ހައްދަނީ

ފާއިތުވި 20 އަހަރު އެމެރިކާއިން އަފްޣާނިސްތާނުގައި އޮޕިއަމް އުފައްދާ މިންވަރު 40 ގުނަ އިތުރުކޮށްފައިވާކަމަށް ރަޝިޔާގެ ސެކިޔުރިޓީ ކައުންސިލްގެ ސެކެޓްރީ ނިކޮލައި ޕެޓްރޫޝެވް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ސެކިޔުރިޓީ ޗީފް މިމޭރުމުން ވާހަކަދައްކަވަމުން ވިދާޅުވީ އެމެރިކާ އިން ފާއިތުވި 20 އަހަރު އަފްޣާނިސްތާން ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭފަދަ ލެބޯޓްރީތަކަކަށް ބަދަލުކޮށްފައިކަމަށެވެ. މިކަން ހިނގާފައިމިވަނީ އިގްތިސާދީގޮތުން ގައުމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާފައިވާ ދުވަސްވަރެއްގައި ކަމަށްވެސް ސެކިޔުރިޓީ ޗީފް ވިދާޅުވިއެވެ.

ޑްރަގް ޓްރެފިކް ކުރުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި އެމެރިކާއިން އަފްޣާނިސްތާނުގައި ގާއިމުކޮށްފައިވާ ސަރުކާރުން މަސައްކަތްކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ޑްރަގްސް އުފެއްދުމަށް ކަމަށް ސެކިޔުރިޓީ ޗީފް ވިދާޅުވިއެވެ.

އެމެރިކާ އާއި ނޭޓޯގެ ފައުޖުތަކުން އަފްޣާނިސްތާނަށް އެރީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާއާ ގުޅިގެން އަފްޣާނިސްތާނުގައި އޭރު އުފެދިފައިވާ ތާލިބާން ސަރުކާރު ވައްޓާލުމަށްޓަކައެވެ. 20 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މިއަހަރު ތެރޭގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ފައުޖުތައް އެގައުމުން ފައިބާން ފަށާފައިވާއިރު ތާލިބާނުން ވަނީ އަނެއްކާވެސް އަފްޣާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަފްޣާނިސްތާން ސިފައިންނާ މާބޮޑު ހަނގުރާމަތަކެއް ކުރަން ނުޖެހި ގިނަ ސަރަހައްދުތަކެއް ތާލިބާނުން ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އަނެއްކޮޅުން ތާލިބާނުން ކާބުލްއަށް ވަންތާ ކުޑަވަގުތުކޮޅެއް ފަހުން އެގައުމު ރައީސް އަޝްރަފް ޣަނީ ވަނީ ގައުމު ދޫކުރައްވާ ވަޑައިގަންނަވާފައެވެ. ޣަނީ މިވަގުތު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހިމާޔަތް ހޯއްދަވައިގެންނެވެ.

ރަޝިޔާގެ ސެކިޔުރިޓީ ޗީފް ވިދާޅުވީ އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ހޭދަކުރި ދުވަސްތަކުގައި އެގައުމުގައި ހިންގާ ޓެރަރިސްޓް އަމަލުތައް ވަނީ ކުރިޔަށްވުރެ އިތުރުވެފައި ކަމަށެވެ.

އަދި ހުޅަނގުގެ ގައުމުތަކަށް ވަނީ އަފްޣާނިސްތާނުގެ ސިފައިންނާއި ފުލުހުންނާއި ސެކިޔުރިޓީ ސަރވިސް ރަނގަޅަށް ތަމްރީންކުރުމުގައި ނުކުޅެދިފައިކަމަށްވެސް ސެކިޔުރިޓީ ޗީފް ވިދާޅުވިއެވެ.

މީގެއިތުރުން ރަޝިޔާގެ ސެކިޔުރިޓީ ޗީފް ޕެޓްރޫޝެވް ވިދާޅުވީ ރަޝިޔާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ތިބުމާމެދު އެއްވެސް ޝަރުތެއް ނުކުރާނެކަމަށެވެ. އަދި އަފްޣާނިސްތާނުގެ މަސްރަހުގައި ހިނގަމުންދާ ކަންކަން ހައްލުކުރަންވާނީ އަފްޣާނިސްތާނުގެ ތެރޭގައި ވާހަކަތައް ދެކެވި މަޝްވަރާކޮށްގެން ކަމަށްވެސް ޕެޓްރޫޝެވް ވިދާޅުވިއެވެ.

މީގެއިތުރުން މިކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ފްރޭމްވޯރކެއް މިހާރު އެކުލަވާލާ އެ މަސައްކަތް ކުރަމުންދާކަމަށްވެސް ޕެޓްރޫޝެވް ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް އަފްޣާނިސްތާނުގެ އެކި އިދާރާތަކާ ވާހަކަދެއްކުމަށް ރަޝިޔާއިން އޮތީ ތައްޔާރަށްކަމަށްވެސް ޕެޓްރޫޝެވް ވިދާޅުވިއެވެ. މީގެއިތުރުން ރަޝިޔާއިން ވަނީ ސެކިޔުރިޓީ ކައުންސިލްތަކާއި، އަސްކަރިއްޔާ އަދި އަފްޣާނިސްތާނާ އަވަށްޓެރި ގައުމުތަކާއެކު ކުރިޔަށްވުރެ ބޮޑަށް ގުޅުން ރަނގަޅުކޮށްފައިކަމަށްވެސް ޗީފް ވިދާޅުވިއެވެ. އެގައުމުތަކުގެ ތެރޭގައި ހިމެނެނީ ތަޖިކިސްތާން، އުޒްބެކިސްތާން، ޗައިނާ، އިރާން، އިންޑިޔާ އަދި ޕާކިސްތާނެވެ.

މީގެއިތުރުން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއިން އަފްޣާނިސްތާނުގައި ކުރިޔަށް ގެންދިޔަ ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ އާންމުންގެ 40،000 މީހުން މަރުވެފައިވާކަމަށް ޕެޓްރޫޝެވް ވިދާޅުވިއެވެ.

ޖީލެއް ބޮޑުވެފައިވަނީ ބިރާއެކު ދިރިއުޅެމުން ކަމަށާއި އެމީހުންނަށް އެނޫން ކަމެއް ދިރިއުޅުމުގައި ދަސްވެފައިނުވާކަމަށް ޕެޓްރޫޝެވް ވިދާޅުވިއެވެ. އެކަން އެހެން ވެފައިވަނީ ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުމުންކަމަށްވެސް ޕެޓްރޫޝެވް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު