Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި އިންޓްރެސްޓް ރޭޓް ބޮޑުކުރުން

ބަލިމަޑުކަމުގެ ތެރޭގައި އިންޓްރެސްޓް ރޭޓް ބޮޑުކުރި އޭޝިއާގެ ފުރަތަމަ ގައުމަކަށް ލަންކާ

އިންޓްރެސްޓް ރޭޓް 5-6 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2021 | ބުރާސްފަތި 06:27
ސްރީލަންކާގެ މަރުކަޒީ ބޭންކް

ސްރީލަންކާގެ މަރުކަޒީ ބޭންކް

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިންޓްރެސްޓް ރޭޓް ބޮޑުކުރި އޭޝިއާގެ ފުރަތަމަ ގައުމަކަށް ސްރީލަންކާ ވެއްޖެއެވެ.

ކޮވިޑްގެ ހާލަތުގައި ފުރަތަމަ ފަހަރަށް އިންޓްރެސްޓް ރޭޓް ބޮޑުކުރިކަން ސްރީލަންކާގެ މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. އިންޓްރެސްޓް ރޭޓް ބޮޑުކޮށްފައިވަނީ އެގައުމުގެ އިންފްލޭޝަން ރޭޓާއި އިމްޕޯޓްކުރާ މިންވަރު އިތުރުވުމާ ގުޅިގެންނެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެގައުމުގެ ފައިސާގެ އަގު ދަށްވެގެންދިއުމެވެ.

މަރުކަޒީ ބޭންކުން ވަނީ ފައިސާ ޖަމާކުރާ ރޭޓާއި، ލޯނު ދޫކުރުމުގައި ނަގާ ރޭޓް ބޮޑުކޮށްފައެވެ. މިއިން ކޮންމެ ކަމަކުން 5 އިންސައްތައާއި 6 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދާއިމީ ރިޒާވްގެ ރޭޝިއޯ 200 ޕޮއިންޓުން 4 އިންސައްތައަށް ހަދާފައެވެ.

މި ނިންމުން ނިންމާފައިވަނީ އިޤްތިޞާދުގެ ބޭރުގެ ސެކްޓަރތައް ބެލެންސް ނުވުމާއި، މެދު ރާސްތާގައި އިންފްލޭޝަން ދަށް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ. މަރުކަޒީ ބޭންކުން ބުނެފައިވަނީ 2020 ވަަނަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް މިހާރު އިޤްތިޞާދު މަޑުމަޑުން ކުރިއަށް ޖެހެމުން އަންނަ ކަމަށާއި، މި އަހަރުގެ ދެވަނަ ކުއާޓާގައި އިޤްތިޞާދު އިތުރަށް ކުުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ކޮވިޑްގެ މިހާރުގެ ހާލަތާއެކު ދެވަނަ ކުއާޓާގައި އިޤްތިޞާދަށް ލޮޅުން އަންނާނެ ކަމަށް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.

މިހާރު ލިބިފައި ހުރި އަންދާޒާތައް ދައްކާ ގޮތުން މުޅި އިޤްތިޞާދު، މި އަހަރުގެ ތެރޭގައި 5 އިންސައްތައަށް ކުރިއަށް ޖެހިލާނެއެވެ. އަދި މެދު ރާސްތާގެ ތެރޭގައި އެގޮތުގައި އިޤްތިޞާދު ހިފެހެއްޓިދާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.

ފާއިތުވި މަސްތަކުގައި އިންފްލޭޝަން ރޭޓް މަތިވެފައިވަނީ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް މަތިވެގެން ދިއުމާއި ކާބޯތަކެތި ނޫން ބައެއް ބާވަތްތަކުން ވެސް އިންފްލޭޝަން އިތުރުވުމުގެ ސަބަބުންނެވެ.

ސްރީލަންކާކޮވިޑް-19

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު