Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ކޮމިޓީގެ ބައްދަލުވުން

އިންކުއަރީ ރިޕޯޓް: ދުރު ރާސްތާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރެވެން އަންނަނީ މިދައުރު ނިމޭހިސާބުގައި

ޢައްބާސް ފާއިޒްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2021 | ބުދަ 18:20
ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއެކު ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ދުރު ރާސްތާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރެވެން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ދައުރު ނިމޭ ހިސާބުގައި ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިން މައުލޫމާތު ދީފައިވާ ކަމަށް މެއި 6 ކޮމިޓީގެ މުޤައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެެރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަފީފު ވިދާޅުވީ، ކޮމިޓީގެ އެންމެ މުހިންމު މަސައްކަތަކީ, ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުން ކަމަށެވެ. އެގޮތުން މިހަފުތާގެ ހޯމަ ދުވަހުގެ ހަވީރު 4:00ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ޢައްބާސް ފާއިޒްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އޮންލައިންކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެވުނު ކަމަށް ޢަފީފު ވިދާޅުވިއެވެ. މިވަގުތު ޢައްބާސް އިނގިރޭސިވިލާތުގައި ހުންނެވި ނަމަވެސް ވަރަށް ގާތުން, ތަހުގީގު ކުރިއަށްދާގޮތް ބައްލަވާކަން ފާހަގަކުރައްވައި ޢަފީފު ވިދާޅުވީ މިހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު އެބޭފުޅާ ހިތްޕުޅުހަމަ ޖެހޭ ކަމަށެވެ. ނަމަވެސް މިހަމަލާއަށް ފަންޑު ކުރި މީހުން ހޯދެން ޖެހޭކަމަށް ޢައްބާސް ވެސް ގަބޫލުކުރައްވާކަން މިބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށް ޢަފީފު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޢަފީފު ވިދާޅުވީ މިހަފްތާ ތެރޭގައި, ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމްއާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެބައްދަލުވުން އަންނަ އަންގާރަ ދުވަހަށް ލަސްވެފައިވާ ކަމަށެވެ.

ބުދަ ދުވަހު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ ބޭފުޅުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ޢަފީފު ވިދާޅުވީ އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތްތަކާއި, ތަންފީޒު ކުރެވޭ މިންވަރު ގާތުން ބައްލަވާނެ ކަމަށެވެ. އަދި މި ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަކީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާތީ އެމައުލޫމާތު އޮޅުން ފިލުއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށެވެ.

ޢަފީފު ވިދާޅުވީ އެންއެސްއޭއަކީ ތަންފީޒީ އިދާރާއެއް ނޫން ކަމަށާއި، އެއީ ކޯޑިނޭޝަން ބޮޑީއެއް ކަމަށެވެ. އެންއެސްއޭގެ ބޭފުޅުންނާއި ހަވާލާދެއްވައި ޢަފީފު ވިދާޅުވީ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ތިން ބަޔަކަށް ބަލާފައި ކަމަށެވެ. އެއީ ކުރު ރާސްތާގައި ތަންފީޒު ކުރަން ފަށާ ރެކޮމެންޑޭޝަންތަކާއި މެދު ރާސްތާގައި ތަންފީޒު ކުރަން ފަށާ ރެކޮމެންޑޭޝަންތަކާއި އަދި ދުރު ރާސްތާގައި ތަންފީޒު ކުރަން ފަށާ ރެކޮމެންޑޭޝަންތައް ކަމަށެވެ. ދުރު ރާސްތާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރެވެން އަންނަނީ ރައީސް ޞާލިޙުގެ ދައުރު ނިމޭ ހިސާބުގައި ކަމަށް ޢަފީފު ވިދާޅުވިއެވެ. އަދި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް ކުރިއަށް ގެންދާ ގޮތްތަކެއް ނޭނގޭ ކަމަށާއި، އެމައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެންއެސްއޭއަށް މެއި 6 ކޮމެޓީގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ޢަފީފު ވިދާޅުވީ ހަރުކަށި ފިކުރު މިރާއްޖެއިން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ސްކޫލް ކުދިންނާއި ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ސްކޫލްތަކާއި ތައުލީމުދޭ ބައެއް މަރުކަޒުތަކުގައި އިސްލާމް ޓީޗަރުން ދޭ މައުލޫމާތުތަކުގެ ސަބަބުން ހަރުކަށި ފިކުރަށް ކުދިން އެނބުރޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ގާތުން ބެލުމަށް އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކިޔަވައިދިނުމަށް ދާ އިސްލާމް ޓީޗަރުންނަކީ ހަރުކަށި ފިކުރުގެ ބައެއް ނޫންކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި މިކަންކަން އިސްލާމިކް މިނިސްޓްރީއާ ހިއްސާކުރެވި މަޝްވަރާކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ނޭޝަނަލް ސެކިއުރިޓީ ޤާނޫނު ހެދިފައިނުވާތީ އެޤާނޫނު މަޖިލީހާ ހަމައަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި، ސިފައިންގެ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެނެސް، އެ ގާނޫނު މަޖިލީހަށް ފޮނުވޭނެ މުއްދަތާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޢަފީފު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ241 ކޮމިޓީސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީމެމްބަރު އަފީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަ: ކުންފުނީގެ ކުރީގެ ހިއްސާދާރުންގެ ތެރޭގައި މެމްބަރ ސިރުހާން ހިމެނޭ

ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަ: ކުންފުނީގެ ކުރީގެ ހިއްސާދާރުންގެ ތެރޭގައި މެމްބަރ ސިރުހާން ހިމެނޭ

28 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު