Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިޒްރޭލް ޕާސްޕޯޓް މަނާކުރުން

ޕާކު ކޮށްފައި އޮތް އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެ ފަލާހު އިތުރުފުޅުހައްދަވައިފި

ޕާސްޕޯޓު ކޮމިޓީގައި އޮންނަތާ 93 ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2024 | ބުދަ 13:52
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ހިނގާކަމަށް ވިދާޅުވި އިރު ކޮމިޓީގައި އެ ބިލުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ

އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ހިނގާކަމަށް ވިދާޅުވި އިރު ކޮމިޓީގައި އެ ބިލުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޕާކު ކޮށްފައި އޮތް އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިތުރުފުޅު ހައްދަވައިފިއެވެ.

ވެރިކަން ކުރާ ޕީއެންސީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ފަލާހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މައްސަލަ އޮތީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރައްޔިތުން ކަންބޮޑުވާން ނުޖެހޭ މިންވަރަށް އެކަންކަން ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށާއި، މަޖިލީހުގެ ދެވަނަ ދައުރުގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ކޮމިޓީގައި ތާށިވެފައި އޮންނަތާ 90ށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރުކާރުގެ ތެރެއިން އެއްވެސް ވަރަކަށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ނުވެއެވެ. އަދި އެ މަސައްކަތް މަޖިލީހުގެ ތެރެއިން އަވަސްކުރުމަށްވެސް މަސައްކަތް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ފުރަތަމަ ދައުރުގައި ކޮށްފައިވަނީ 8 މަސައްކަތެވެ. 13 ކޮމިޓީ ބައްދަލުވުން ބާއްވާފައިވެއެވެ. ނަމަވެސް އެއްވެސް ބައްދަލުވުމެއްގައި ޕާސްޕޯޓުގެ މަސައްކަތެއް ކޮށްފައި ނުވެއެވެ. އަދި އެޖެންޑާވެސް ކޮށްފައި ނުވެއެވެ.

29 މެއި 2024 ގައި މަޖިލީހަށް ހުށަހެޅި، 10 ޖޫން 2024 ވަނަ ދުވަހު (20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ޖަލްސާގައި) ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވެ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖޭގެ އިމިގްރޭޝަން އާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ކޮމެޓީގައި އޮތް އިރު އޭގެ ފަހުން މަޖިލީހަށް ހުށަހެޅުނު ސަމޯއާ އެގްރީމެންޓްގެ މައްސަލަ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރައީސް އޮފީހުން 2 ޖޫން 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން އެ ދުވަހު ނިންމިކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް މި ބިލާ ގުޅޭ އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށްފައިނުވެއެވެ.

އިޒްރޭލް ޕާސްޕޯޓް ބޭންކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ސްޓޭންޑަށް ބަލާއިރު، ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަށް ހުށަހަޅާފައިވާ ބިލް އޮތްގޮތަށް ފާސްކޮށްފިނަމަ ދަތިތައް ދިމާވެދާނެކަމަށާއި، އެހެންކަމުން ސަރުކާރުން އެ ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބިލުގެ މަސައްކަތް ކޮމިޓީގައި ކޮށްފައި ނުވެއެވެ. އަދި ސަރުކާރުގެ ފަރާތުން އިސްލާހެއް ވެސް ހުށަހަޅާފައި ނުވެއެވެ.

އުޝާމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު މިހާރު ހުށަހެޅިފައި އޮތް ގޮތަށް ފާސްކޮށްފިނަމަ، ބައެއް ކަހަލަ "ކޮމްޕްލިކޭޝަންސް" އައުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން 241 ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ބަންޑާރަނައިބުގެ ފަރާތުން ވެސް އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށެވެ.

އިޒްރޭލް ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ބިލު ހުށަހަޅާފައި ވަނީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރާ ގޮތަށެވެ. އެގޮތުން އެ އަކުރުގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެވުން މަނާ މީހުންގެ ތެރޭގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

ބިލުގައި މިހެން އޮތުމުން އިޒްރޭލް ރައްޔިތުންގެ ތެރެއިން ޑުއަލް ސިޓިޒަންޝިޕްގައި ތިބޭ މީހުންނަށްވެސް ރާއްޖެއަށް އެތެރެނުވެވޭނެއެވެ. މާނައަކީ އެމެރިކާ ރައްޔިތަކަަށްވިޔަސް އޭނާ އަތުގައި އިސްރާއިލު ޕާސްޕޯޓެއް އޮންނަ ނަމަ ރާއްޖެއަށް ނާދެވޭނެއެވެ. އަދި އިސްރާއިލު ރައްޔިތަކަށްވެފައި އެހެން ގައުމުގެ ސިޓިޒިންޝިޕް އޮތަސް ނާދެވޭނެއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ބްލޭންކެޓްކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު