Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ކޮޅުމަޑުލު ދަތުރުފުޅު

ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: ތިމަރަފުށީގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ރައީސް ބައްލަވާލައްވައިފި

މިއީ މި ސަރުކާރުން ތިމަރަފުށީގައި ފެށި 100 ހައުސިން ޔުނިޓްގެ އައު މަޝްރޫއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2021 | ބުދަ 04:37
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތިމަރަފުށީގައި ހައުސިން ޔުނިޓް އިމާރާތްކުރާ ސަރަހައްދަށް ވަޑައިގަތުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތިމަރަފުށީގައި ހައުސިން ޔުނިޓް އިމާރާތްކުރާ ސަރަހައްދަށް ވަޑައިގަތުން

ސަރުކާރުން ތިމަރަފުށީގައި އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްގެ މަސައްކަތް ރައީސް ބައްލަވާލައްވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެ ސަރަހައްދަށް ވަޑައިގެންނެވެ.

ތިމަރަފުށީގައި އަލަށް އިމާރާތްކުރާ 100 ހައުސިން ޔުނިޓަކީ މި ސަރުކާރުން ފެށި މަޝްރޫއެކެވެ. މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަރަކްޗާ އިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 364 ދުވަހެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމާލެވޭނެކަަމަށް ހައުސިން މިނިސްޓްރީން އަންދާޒާ ކުރެއެވެ.

މި މަޝްރޫއަކީ 71.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އެއްބުރީގެ 100 ހައުސިން ޔުނިޓު އިމާރާތް ކުރާނެ ކަމަށާއި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިންފާހާނާ އަދި ބަދިގެ އާއި ސިޓިން ރޫމްގެ އިތުރުން ލޯންޑްރީ ބައެއް ވެސް ހިމެނޭނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން 100 ހައުސިން ޔުނިޓް އަލަށް އިމާރާތް ކުރެވިގެންދާ އިރު، މީގެ ތެރެއިން 64 ގޭގެ ރޫފް ބީމްގެ މަސައްކަތާއި، ރޭނުގެ މަސައްކަތް ވަނީ ނިމިފައެވެ. 42 ގެއެއްގައި ސިމެންތި ޖެހުމުގެ މަސައްކަތް ނިމިފައިވާ އިރު، 56 ގޭގެ ރޫފް ޓްރަސް ހަރުކޮށް ވަނީ ނިމިފައެވެ. އަދި 32 ގެ ހިޔާކޮށް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ. ތިމަރަފުށިމިނިސްޓްރީ އޮފް ހައުސިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
27 ސެޕްޓެމްބަރު 2025

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
14 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
06 ޖުލައި 2024

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން

06 ޖުލައި 2024
ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން
09 ޖޫން 2024

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

09 ޖޫން 2024
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި
07 މެއި 2024

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
04 މެއި 2024

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

04 މެއި 2024
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
07 އެޕްރީލު 2024

ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި

07 އެޕްރީލު 2024
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
01 އެޕްރީލު 2024

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

01 އެޕްރީލު 2024
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު