Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާ ނުކުންނާނީ ދިވެހި ފުޓްބޯޅަ ދިފާއުކުރަން: ވިޑަކޮވިޗް

ބަޝުންދަރާ އާއި މާޒިޔާގެ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 17 އޯގަސްޓު 2021 | އަންގާރަ 14:32
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ނުކުންނާނީ ދިވެހި ފުޓްބޯޅަ ދިފާއުކުރުމަށް ކަމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި މި ފަހަރު އޮތް ރާއްޖޭގެ ހަމައެކަނި ޓީމަކީ މާޒިޔާއެވެ. ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ ބަޝުންދަރާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީއެވެ. ގްރޫޕް ސްޓޭޖުގެ ޖާގައެއް ބެންގަލޫރު ހޯދާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެރޭ ކުޅުނު ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކުލަބު އީގަލްސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ބަޝުންދަރާއާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުޅެން އޮތް މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ މި މުބާރާތުގައި މާޒިޔާގެ ޒިންމާ ދިވެހި ފުޓްބޯޅައަށް ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މާޒިޔާ މި މެޗަށް ނުކުންނާނީ ދިވެހި ފުޓްބޯޅަ ދިފާއުކުރުމަށް ކަމަށާއި، މާޒިޔާގެ މުޅި ޓީމުންވެސް މެޗަށް 100 އިންސައްތަ ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕާ ކުރިމަތިލާއިރު، މާޒިޔާއިން ވަނީ މުބާރާތުގެ ކުރިން ސައުދީ އަރަބިއްޔާގައި ކޭމްޕުކޮށްފައެވެ. އެ ކޭމްޕުގައި މާޒިޔާއިން އެކުވެރިކަމުގެ ތިން މެޗެއް ކުޅުނުއިރު، ފުރަތަމަ މެޗުން ވަނީ އަލް-އިއްތިހާދުގެ ޒުވާން ޓީމު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި އަލް ވަހްދާ އެފްސީއާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހި އެއްވަރުކުރިއިރު، ފަހު މެޗުން ވަނީ ޖިއްދާ އެފްސީއާވެސް އެއްވަރުކޮށްފައެވެ.

ސައުދީގައި ކުރިއަށްގެންދިޔަ ކޭމްޕާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިޑަކޮވިޗް ބުނީ ސައުދީގައި ކުރި ތަމްރީނުތަކަކީ ފުރިހަމަ ތަމްރީނުތަކެއް ކަމަށާއި، އެކަމަކު ތަމްރީނުތަކުގައި ކުޅުނު އެކުވެރި ކަމުގެ މެޗުތަކާ އަޅާބަލާއިރު މި މުބާރާތް އުނދަގޫވާނެ ކަމަށެވެ. އަދި އެ މެޗުތަކުގައި މޯޓިވޭޝަނާއި މެޗު ޕްރެޝަރުގެ ކަންކަން ހުންނާނީ ރަސްމީ މެޗުތަކާ އެއްވަރަށް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ރާއްޖޭގައި މެޗުތައް ކުޅެން ޖެހުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި، އަދި ސަޕޯޓަރުންނާއި ނުލައި މެޗުތައް ކުޅެން ޖެހުނު ނަމަވެސް، ގައުމީ ފުޓްބޯޅަ ދަނޑަށް އެންމެ ފަރިތަވާނީ ދިވެހި ކުޅުންތެރިން ކަމަށެވެ. އެހެންކަމުން އޭގެ ފައިދާ ނެގޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ބަޝުންދަރާ އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އޭއެފްސީ ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު