Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބްރިޖް

ތިލަމާލެ ބުރިޖް އެޅުމަަށް މިއީ އެންމެ ރަނގަޅު ވަގުތު - އަމީރު

17 އޯގަސްޓު 2021 | އަންގާރަ 10:59

ހިލޭ އެހީގެ ގޮތުގައި، 100 މިލިއަން ޑޮލަރު ލިބިފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 އޯގަސްޓު 2021 | އަންގާރަ 10:59
ތިލަމާލެ ބްރިޖާއެކު ގްރޭޓަރ މާލެ އެއް ލިންކަކުން ގުޅާލާނެ

ތިލަމާލެ ބްރިޖާއެކު ގްރޭޓަރ މާލެ އެއް ލިންކަކުން ގުޅާލާނެ

ތިލަމާލެ ބުރިޖް އެޅުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ،

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮންމެ ދަރަންޏަކީ އެއް ހަަމައަކުން ގުނޭނެ ދަރަންޏެއް ނޫން ކަމަށާއި، އިންޑިއަން އެގްޒިމް ބޭންކުން ބްރިޖް އެޅުމަށް ނަގާ ލޯނަކީ، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 1.57 އިންސައްތަ އިންޓަރެސްޓާއެކު ލިބޭ ލޯނެއް ކަމަށެވެ. ލޯނު ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރު ކަމަށެވެ. މުޅިއެކު 20 އަހަރު ލޯނު ދައްކަން ލިބޭއިރު، މިއީ މާރކެޓްގައި ލޯނު ލިބޭ ރޭޓަށްވުރެ ވަރަށް ބޮޑު ލުއިތަކަކާއެކު ލިބޭ ލޯނެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު މިހާ ދަށްވެފައި އޮތް ވަގުތެއްގައި ދައުލަތަށް ބޮޑު އާމްދަނީއެއް ނުލިބޭއިރު މިވަގުތު ލުއި ގޮތަކަށް ފަންޑު ލިބި މަސައްކަތް ފަށައިގަތުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމުގައެވެ. ދައުލަތަށް އާމްދަނީ ލިބޭނެ އެހެން ދޮރުތައް ވަރަށް ބޮޑަށް ހަނިވެފައިވާ ދަނޑިވަޅެއްގައި މިއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ބޫސްޓެއް ލިބޭނެ ބްރިޖެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފަންޑް ލިބިފައި އޮތް ދަނޑިވަޅުގައި މަސައްކަތްކޮށް ނިންމާލުމުން، އިގްތިސާދު އާއްމު ހާލަތަށް ދާއިރު ހުރިހާ ކަމަކުން އަރައިގަތުމަށް މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގްރޭޓަރ މާލެ ބްރިޖަކުން ގުޅިގެން ދިޔުމުން، ކޮމާރޝަލް ޕޯޓް ވެސް ފީސިބްލް އެއްޗަށްކަށް ބަދަލުވެގެންދާނެކަން މިހާރު ހެދިފައި ހުރި ދިރާސާތަކުން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮމާރޝަލް ޕޯޓާއި ބްރިޖްގެ އިންވެސްޓްމެންޓަކީ، މިހާރު ފަށައިގަންނަން މުހިއްމު ކަމެއްގެ ގޮތުގަައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ލިބިފައި އޮތް މި ދަނޑިވަޅުގައި މަސައްކަތް ފަށައިގަތުން އެއީ އަމާޒު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ ދިރާސާތައް ހެދުމަށްފަހު، މަސައްކަތް ހަވާލުކުރުމުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.

ހަސަން އަބްދުއްރަހްމާން މާލެ ސިޓީތިލަމާލެ ބްރިޖް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް