Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕުގެ ޕްލޭއޮފް

ޕްލޭއޮފް މެޗު މެއި މަހު ކުޅުނުނަމަ މާ ރަނގަޅު: މާކޯ

ޕްލޭއޮފް މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2021 | ހޮނިހިރު 12:21
ބެންގަލޫރުގެ ކޯޗު މާކޯ ޕެއްޒައިއޯލީ އާއި ކެޕްޓަން ސުނިލް ޗެތުރީ

ބެންގަލޫރުގެ ކޯޗު މާކޯ ޕެއްޒައިއޯލީ އާއި ކެޕްޓަން ސުނިލް ޗެތުރީ

މި އަހަރުގެ މެއި މަހުގެ ތެރޭގައި އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅުނުނަމަ މާ ރަނގަޅުވާނެ ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު މާކޯ ޕެއްޒައިއޯލީ ބުނެފިއެވެ.

ޕްލޭއޮފް މެޗު އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ކުޅޭއިރު، މީގެ ކުރިން މި މެޗު މެއި މަހުގެ 11 ވަނަ ދުވަހު ކުޅެންވެސް ތާވަލުކުރިއެވެ. އެކަމަކު އެ މެޗު ފަސްކުރަން ޖެހުނީ އެ ފަހަރު މާލެއައި ބެންގަލޫރު ޓީމު ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ.

އަލުން ޕްލޭއޮފް މެޗާ ކުރިމަތިލާއިރު ބެންގަލޫރުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން މިހާތަނަށް އެ ޓީމަށް ސޮއިކޮށްފައިވާ ކުޅުންތެރިންނަކީ ކޮންގޯގެ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ އާއި، ކުރިން ޗެންނާއީ އާއި މޯހަން ބަގާންއަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭ އާއި، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ އާއި، މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ޒުވާން ފޯވާޑް ބިދްޔާޝަގަރު ސިންހް އާއި، އީސްޓް ބެންގޯލުގެ ޑިފެންޑަރު ސަތާކް ގޯލުއީ އާއި، ފޯވާޑް ހަމަންފްރީތު ސިންހް އާއި، ރިއަލް ކަޝްމީރު ޓީމުން ގެނައި ދާނިޝް ފާރޫގް އަދި ކެރަލާ ބްލާސްޓާސްގެ މިޑްފީލްޑަރު ރޯހިތު ކުމާރެވެ.

ޕްލޭއޮފް މެޗުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާކޯ ބުނީ މި މެޗާ ކުރިމަތިލާއިރު ބެންގަލޫރުގައި އަނިޔާގެ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން 29 ކުޅުންތެރިން ހިމެނޭ ސްކޮޑެއްގައި މެޗު ކުޅެން މާލެ އައިސްފައިވަނީ 26 ކުޅުންތެރިން ކަމަށްވެސް ވަނީ ބުނެފައެވެ.

މާކޯ ބުނީ އޭރު އޮތް ހާލަތަށް ބަލާއިރު މެއި މަހުގެ ތެރޭގައި މެޗު ކުޅުނުނަމަ ބެންގަލޫރަށް މާ ރަނގަޅު ކަމަށެވެ. އެގޮތުން އެ ފަހަރުގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެވުނު ކަމަށާއި، އެކަމަކު ސީޒަނުގެ މެދުތެރެއިން އަލުން މެޗު ކުޅެން ޖެހުމާއެކު، ބެންގަލޫރު ޓީމުގެ މިހާރުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ބަބްލް އެއްގައި ކުޅުންތެރިން ތިބެން ޖެހުނު ކަމަށާއި، އެހެންކަމުން އޭގެ އަސަރުވެސް ކުޅުންތެރިންނަށް ކުރާނެ ކަމަށް މާކޯ ވަނީ ބުނެފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސްއާ ދެކޮޅަށް ބެންގަލޫރު ނިކުންނައިރު، މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުންވެސް އެ ޓީމު ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ މި މެޗަށް ތައްޔާރުވުމަށް ހަތަރު ހަފުތާއަށް ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވުން ކަމަށެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި މާޒިޔާ އަތުން ދެ ފަހަރުވެސް ބަލިވިއިރު، އެ ފަހަރުގެ މުބާރާތުގައި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުން ދެއްކިފައި ނުވާ ކަމަށާއި، އެހެންކަމުން މާޒީ ހަނދާން ނައްތާލުމަށްފަހު މިހާރުގެ އަމާޒަކީ މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ލިބޭއިރު، އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އޭއެފްސީ ކަޕްބެންގަލޫރު އެފްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު