Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފައިންގެ ޚިދުމަތް

ސިފައިންގެ އަމާޒަކީ ގައުމީ ދިފާއީބާރާމެދު ރައީސް ގެންގުޅުއްވާ ވަރުގަދަ ތަސައްވުރު ހަގީގަތަކަށް ހެދުން: މިނިސްޓަރު މާރިޔާ

ދިވެހި ސިފައިންނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ބައެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2021 | ހޮނިހިރު 11:57
67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވާހަކަދައްކަވަނީ

67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވާހަކަދައްކަވަނީ

ދިވެހި ސިފައިންގެ މިއަދުގެ އަމާޒަކީ ރައީސުލްޖުުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހި ގައުމީ ދިފާއީބާރާމެދު ގެންގުޅުއްވާ ވަރުގަދަ ތަޞައްވުރު ހަގީގަތަކަށް ހެދުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ ޚިދުމަތާ އަލަށްގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ހަޔާތުގައި ކާމިޔާބު މީހަކަށްވުމަށް އަށަގަންނުވަންޖެހޭ އެންމެ މުހިންމު އެއްސިފައަކީ، ތިމާއާ ޒިންމާއެއް ހަވާލު ކުރުމުން އެޒިންމާ ވީއެންމެ ފުރިހަމައަކަށް އަދާކުރުން ކުރުމަށެވެ. އެގޮތަށް ކުރިޔަށްދެވޭނީ ލިބޭ ކޮންމެ ފުރުސަތަކަށް "އާނ!" ބަސް ބުނެގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންގެ މިއަދުގެ އަމާޒަކީ، ރައީސުލްޖުުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ދިވެހި ގައުމީ ދިފާއީބާރާމެދު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ވަރުގަދަ ތަޞައްވުރު ހަގީގަތަކަށް ހެދުން ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙްތިރާމު ހާސިލުކޮށްފައިވާ، ޤާބިލު، ސިފަވަންތަ އަޚުލާޤެއްގެ މަތީގައިތިބޭ، ޕްރޮފެޝަނަލް އަދި ފައިޓިންގ ފިޓް ފޯސް އެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ޚިދުމަތުގައި ސާބިތުކަންމަތީ ދެމި ތިބުމަށާއި، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބަޔަކަށްވުމާއެކު، އަޚުލާގު އެންމެމަތީ ފެންވަރުގައި ދަމަހައްޓައިގެން، ތަފާތު ރޮނގުތަކުން ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ދެމިތިބުމަށް މިނިސްޓަރު ވަނީ ސިފައިންނަށް ގޮވާލައްވާފައެވެ.

ހުކުރު ދުވަހު ބޭއްވި 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ވެސް މިނިސްޓަރު މާރިޔާއެވެ. މި ރަސްމިއްޔާތުގައި ކޯސް ހިނގަައިދިޔަ ގޮތުގެ ރިޕޯޓު އިއްވައިދެއްވީ "ދަ ބޭސިކް ސްކޫލް"ގެ ކޮމާންޑިންގ އޮފިސަރ އަދި ޗީފް އިންސްޓްރަކްޓަރ މޭޖަރ މުޙައްމަދު ނިލާމެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙަސަން އިޒްހާދެވެ. މި ކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އާދަމް މުފީދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ، ކޮމާންޑަރ މޮޓަރ ޙަސަން މަނިކުގެ އެވޯޑް ހާސިލްކުރީ ޕްރައިވެޓް ޙަސަން އިޒްހާދެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށްދޭ، ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަދުހަމް ރަޝީދެވެ. އަދި މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން، މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހާސިލްކުރީ ޕްރައިވެޓް ޙުސައިން މިދުހަތު ޙަސަންއެވެ. ކޯހުގެ އަލްފާ ޕްލެޓޫންގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް ރީހާން މޫސާއެވެ. ބްރާވޯ ޕްލެޓޫންގެ އެންމެމޮޅު ދަރިވަރަކަށް ޕްރައިވެޓް ޙުސައިން މިދުހަތު ޙަސަން  ހޮވުނުއިރު، ޗާލީ ޕްލެޓޫންގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އަޙްމަދު މާޒިންއެވެ. އަދި ޑެލްޓާ ޕްލެޓޫންގެ އެއްވަނަ ދަރިވަކަށް ހޮވިފައިވަނީ ޕްރައިވެޓް ފާތިމަތު ޝިފްރާއެވެ. މުޅި ކޯހުން އެންމެ މޮޅު ޕްލެޓޫނަކަށް ހޮވިފައިވަނީ އަލްފާ ޕްލެޓޫނެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް އަޒުމް ލައިދެއްވީ އެމްއެންޑީއެފް ގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައާއި ގައުމީ ސަލާމަށްފަހު 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގައިދިޔުމުންނެވެ. 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ 80 ދަރިވަރުންނެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚުލާޤް ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.

10 އޭޕްރީލް 2021 އިން 13 އޯގަސްޓް 2021 އަށް ކުރިއަށްގެންދިޔަ މިކޯހުގައި އުނގަންނައިދެވުނު މާއްދާތަކުގެ ތެރޭގައި އަސްކަރީ ތާރީޚް، ސިފައިންގެ ގަވާއިދު، ސިފައިންގެ ކޯޑް އޮފް އެތިކްސް، ސިފައިންގެ ވެލިއުސް އެންޑް ކަސްޓަމްސް، ހެވިކަން، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ފީލްޑް ކްރާފްޓް އެންޑް ޓެކްޓިކްސް އަދި އާންމު ގާނޫނުތަކުގެ ބައެއް މުހިންމު ބައިތަކުގެ އިތުރުން ކްލޯސް ކޮމްބެޓް އާއި ޕަބްލިކް އޯޑަރ ޓްރޭނިންގ ވެސް ހިމެނެއެވެ.

އެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު