Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ދަނީ ބަަލަމުން: ރައީސް

އޭގެ ތެރެއިން އެއްވެސް މައްސަލައެއް ކޯޓާ ހިސާބަށް ދާން ޖެހޭނަމަ އެ މައްސަލަ ކުރިއަށްދާނެ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2021 | ހުކުރު 07:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ކުރީގައި ވެސް ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ އަންނަ ކަމަށާއި އެކަމާ ގުޅިގެން އޭސީސީއަށް މައްސަަލަތައް ހުށަހެޅި، އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް މައްސަލައެއް ކޯޓާ ހިސާބަށް ދާން ޖެހޭނަމަ އެ މައްސަލަ ކުރިއަށްދާނެ ކަމަށާއި އެކަމުގެ ދެމެދަށް ވަދެ، އެކަން ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މިހެން ވިދާޅުވެފައިވާއިރު މިހާރު އޭސީސީން ބަލަމުންދަނީ ކުރީގެ ސަރުކާރުން ނުވަތަ މި ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ ކަމެއް ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ދާދި ފަހުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު މަޤާމުން ދުރުކުރައްވަން އުޅޭކަމަށް ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެން ކުރެއްވި ޓުވީޓެއްގައި ސަޢީދު ވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނުވާނެކަމަށާއި، އަބުރު ކަތިލަން ދައްކާ ވާހަކަ ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ވަނީ ކޮރަޕްޝަންގެ އަމަލެއް ހިންގައިގެން އޭނާ ވަޒީފާއަކުން ވަކިކުރަން ނުޖެހޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ފަދަ ގޮތަކަށް ޚަބަރު ފަތުރަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ނޫންކަން ފާހަގަކުރައްވައި، އަބުރު ކަތިލުމުގެ މަޤުޞަދުގައި ފަތުރާ ޙަޤީޤަތާ ޚިލާފު މިފަދަ ވާހަކަތައް ނުފެތުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ފެނަކައިގެ ބައެއް މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރުންނަށް މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ މީޑިއާއެއްގައި މި އަހަރުގެ ޖަނަވަރީ މަހު ޚަބަރެއް ވަނީ އާންމުކޮށްފައެވެ. ފެނަކައިން އޭރުވެސް ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގައި، ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް ލިބިދޭންޖެހޭ ފައިސާ އެ އެއްބަސްވުމެއްގެ ރޫޙާ އެއްގޮތްވާގޮތުން، ނުދީ ނޯންނާނެކަމަށް ބުނެފައެވެ.

ސަރުކާރުގެ "ޒީރޯ-ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތަށް އެއްބާރުލުންދީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ އިޤުރާރެއްގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ބަޔަކީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނެވެ. 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ސޮއިކުރި އިޤުރާރުގައި ސޮއިކުރުމަށްފަހު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ކޮރަޕްޝަނާ ގުޅުންހުރި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތަށް ފެނަކައިން ފުރިހަމައަށް ތާޢީދުކޮށް، އެކަމަށް އެކުންފުނިން އެއްބާރުލުން ދޭނެކަމަށެވެ. އަދި މި ޤަރާރަކީ ރަމްޒީކަމެއްގެ ގޮތުގައި ނުދެކި ޢަމަލީގޮތުން އެކަން ދެއްކުމަށް ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް ސަޢީދު މުޙައްމަދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ފެނަކައިގެ މުވައްޒަފުން ސޮއިކުރި އިޤުރާރު އެކުލަވާލާފައިވަނީ މައިގަނޑު 7 ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާދެކޮޅަށް އެކަންކަމާމެދު ހޭލުންތެރިކުރުވައި އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް ފިޔަވަޅުއެޅުމާއި، މަޤާމުގެ މަސްއޫލިއްޔަތުތައް ނަޒާހަތްތެރިކަމާއެކު ކުރުންފަދަ ކަންކަން ހިމެނެއެވެ. މި އިޤުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ގޮފިތަކަކުން ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

ސަޢީދުގެ ލީޑަޝިޕްގެ ދަށުން ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން އުފެދުނު ފަހުން، މިހާތަނަށް ވެސް ގެއްލުމުގައި ހިންގަމުން އައި ފެނަކަ ކޯޕަރޭޝަނަށް، ފުރަތަމަ ފަހަރަށް ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ފެނަކައިން ވަނީ ހާސިލުކޮށްފައެވެ.

ފެނަކަ ކުންފުނީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކުންފުންޏަށް 2019 އަހަރު އާމްދަނީގެ ގޮތުގައި، 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޚަރަދު ކެނޑުމަށްފަހު ތިރީސް ފަސް މިލިއަން ނުވަ ލައްކަ ސާދަ ހާސް ހަ ސަތޭކަ ސާޅީސް ތިން ރުފިޔާ، ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

އޭގެ ކުރީން 2018 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، 143 މިލިއަން ރުފިޔާގެ ގެއްލުންވެފައި ވެއެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ކުންފުނީގެ ލާމަސީލު މަސައްކަތާއެކު ބައިނަލްއަޤްވާމީ އެވޯޑްތައް ވެސް ހާސިލުކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު