Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

އޯވަންއޯ، ބުރު، އެލްޓީ އަދި ބިސް ބުރު ސެމީއަށް

12 އޯގަސްޓު 2021 | ބުރާސްފަތި 19:09

މުބާރާތުގެ ފައިނަލް އޮންނާނީ މި މަހު 19 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޯގަސްޓު 2021 | ބުރާސްފަތި 19:09
އެލްޓީ ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން

އެލްޓީ ސްޕޯޓްސް ކުލަބާއި ލޮރެންޒޯ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ކުލަބު އޮންލީ ވަން އޮޕޮޗުނިޓީ (އޯވަންއޯ)، ބުރު ސްޕޯޓްސް ކުލަބު، އެލްޓީ ސްޕޯޓްސް ކުލަބު އަދި ބިސް ބުރު ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީއަށް މި ހަތަރު ޓީމު ދަތުރުކުރިއިރު، ސެމީން ފުރުސަތު ހޯދުމާއެކު ހަތަރު ޓީމުވެސް ވަނީ އަންނަ ސީޒަނުގެ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ.

ތިންވަނަ ޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައެވެ. ސެމީގެ ފުރަތަމަ ޖާގަ އޯވަންއޯއިން ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޓެންޓް ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އޯވަންއޯގެ ލަނޑުތައް ޖަހައިދިނީ ޝަހީމް އަބްދުލް ގާދިރާއި އޮމޮދޫ ގޮޑްފްރޭ ވެސްޓެވެ.

ސެމީއަށް ބުރު ސްޕޯޓްސް ދަތުރުކުރީ ބުދަ ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުގައި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބު އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ބުރުގެ އަބްދުﷲ ޝާފިއު ވަނީ ހެޓްރިކް ހަދާފައެވެ. ދެން އެ ޓީމުގެ މުޙައްމަދު ތަސްމީން، ހުސެއިން ޝަރީފް އަދި ވަޑީމް ޕެޓްރޯވް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. އަދި ޑިފެންޑަރު ރޯމަން ކުޑްޗެންކޯ އާއި މުޙައްމަދު އަތީފުވެސް ވަނީ މި މެޗުގައި ލަނޑެއް ޖަހާފައެވެ.

މީގެ އިތުރުން ސެމީއަށް އެލްޓީ ސްޕޯޓްސް ދަތުރުކުރީ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ކުއާޓާގެ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި އެލްޓީ ސްޕޯޓްސް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

އަދި ސެމީގެ ފަހު ޖާގަ ބިސް ބުރުން ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުގައި ކުލަބު ޓީނޭޖް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ބިސް ބުރު ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މި މުބާރާތުގެ ސެމީއަށް ޓީމުތައް ދަތުރުކުރިއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޯވަންއޯ އާއި ބުރު ސްޕޯޓްސްއެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ލިޓްލް ޓައުން އާއި ބިސް ބުރެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މި މަހު 19 ވަނަ ދުވަހެވެ.

ތިންވަނަ ޑިވިޝަން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2021

ތިންވަނަ ޑިވިޝަނުގެ ކުޅުން އަލުން ފަށައިފި

07 އޯގަސްޓު 2021
ތިންވަނަ ޑިވިޝަނުގެ ކުޅުން އަލުން ފަށައިފި
14 އެޕްރީލު 2021

ތިންވަނަ ޑިވިޝަން އަންނަ އާދީއްތަ ދުވަހު ފަށަނީ

14 އެޕްރީލު 2021
ތިންވަނަ ޑިވިޝަން އަންނަ އާދީއްތަ ދުވަހު ފަށަނީ
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް