Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ތިންވަނަ ޑިވިޝަން އަންނަ އާދީއްތަ ދުވަހު ފަށަނީ

14 އެޕްރީލު 2021 | ބުދަ 11:26

ފައިނަލް މެޗު ކުޅޭނީ މެއި މަހުގެ 12 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އެޕްރީލު 2021 | ބުދަ 11:26
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު

2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ އާދީއްތަ ދުވަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެންމެ ފުރަތަމަ މި މުބާރާތް ފެށުމަށް އެފްއޭއެމުން ތާވަލުކުރީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު ފަހުން މި މުބާރާތް ފެށުން އެ މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރިއިރު، އަނެއްކާވެސް އެ މަހުގެ 10 ވަނަ ދުވަހަށްވެސް މުބާރާތް ފެށުން ފަސްކުރިއެވެ.

އެކަމަކު ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މުބާރާތް މިހާތަނަށްވެސް ފެށިފައެއް ނުވެއެވެ.

ނަމަވެސް ބުދަ ދުވަހު އެފްއޭއެމުން އިޢުލާންކުރި ޝެޑިއުލްގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހުގެރޭ މުބާރާތުގެ ކުޅުން ފަށާނެއެވެ. އަދި ޤައުމީ ފުޓްބޯޅަ ދަނޑާއި މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މީގެ ކުރިން މި މުބާރާތުގެ ގުރުލުން ޖެނުއަރީ މަހު ބޭއްވިއިރު، އޭރު މުބާރާތުގައި 15 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެކަމަކު އެއް ޓީމަކުން މިހާރު ނަން ނަގާފައިވުމުން، މުބާރާތް ކުރިއަށްދާނީ 14 ޓީމުގެ މެދުގައި ކަމަށް އެފްއޭއެމުން މަޢުލޫމާތުދެއެވެ.

އެހެންކަމުން މި މުބާރާތް ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ނިންމާފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު ކުއާޓާ ފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދަތުރުކުރާނެއެވެ. މުބާރާތުގެ ކުއާޓާގެ މެޗުތައް މެއި މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު ކުޅޭއިރު، ސެމީގެ މެޗުތައް ކުޅޭނީ އެ މަހުގެ ނުވަވަނަ ދުވަހުއެވެ.

މި އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވާއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން މި މުބާރާތް 2018 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ.

ތިންވަނަ ޑިވިޝަން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 އޯގަސްޓު 2021

އޯވަންއޯ، ބުރު، އެލްޓީ އަދި ބިސް ބުރު ސެމީއަށް

12 އޯގަސްޓު 2021
އޯވަންއޯ، ބުރު، އެލްޓީ އަދި ބިސް ބުރު ސެމީއަށް
07 އޯގަސްޓު 2021

ތިންވަނަ ޑިވިޝަނުގެ ކުޅުން އަލުން ފަށައިފި

07 އޯގަސްޓު 2021
ތިންވަނަ ޑިވިޝަނުގެ ކުޅުން އަލުން ފަށައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް