Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިޒޭގެ ކަކުލަށް ލިބުނު އަނިޔާ

ރިޒޭ ފިޓުވާނީ އަންނަ ސީޒަނަށް: ޝާޒްލީ

ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި ރިޒޭ ނުފެންނާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2021 | ބުދަ 13:24
ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ)

ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ)

އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ނުފެންނާނެ ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ ބުނެފިއެވެ.

ރިޒޭގެ ކަކުލަށް އަނިޔާވީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އަތުން 2-0 ގެ ނަތީޖާއަކުން އީގަލްސް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރިޒޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި ރިޒޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، މީގެ ކުރިންވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، މދިިޔަ ސީޒަނުގެ ލީގުގެ ކުރީކޮޅު އީގަލްސްއިން ކުޅުނު ބައެއް މެޗުތައް ރިޒޭއަށް ގެއްލުނެވެ.

މީގެ ކުރިން ލިބުނު އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް، ރިޒޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ވުމާއެކު، އެ އަނިޔާއިން ރަނގަޅުވުމަށް ރިޒޭ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ރިޒޭއަށް ވަނީ މިދިޔަ ސީޒަނުގައި ބޮޑު ބައެއް ގެއްލިފައެވެ. އަދި އޭނާއަށް ވަނީ މިދިޔަ ޖޫން މަހު ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައްވެސް ގެއްލިފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށް އީގަލްސްއިން ތައްޔާރުވަމުން އަންނައިރު، "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ޝާޒްލީ ބުނީ ރިޒޭއަށް އަނިޔާގެ ސަބަބުން ބެންގަލޫރު މެޗުގައިވެސް ނުކުޅެވޭނެ ކަމަށެވެ. އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެ ރިޒޭ ފިޓުވާނީ އަންނަ ސީޒަނަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ރިޒޭ ނުލައި އީގަލްސްއިން އޭއެފްސީ ކަޕަށް ތައްޔާރުވަމުން އަންނައިރު، އެ ޓީމުން ވަނީ ޕްލޭއޮފް ދިމާކޮށް ތަޖުރިބާކާރު ހަތް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ.

ޕްލޭއޮފްގައި ވަރުގަދަ ބެންގަލޫރާ ދެކޮޅަށް އީގަލްސް ނުކުންނައިރު، ޝާޒްލީ ބުނީ ތަޖުރިބާކާރު ކުޅުންތެރިންނާއެކު އީގަލްސްގެ މިހާރުގެ އަމާޒަކީ ބެންގަލޫރު ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން ކަމަށެވެ. އަދި ތަޖުރިބާކާރު އިތުރު ކުޅުންތެރިންތަކެއް ލިބުމަކީ އޭފްސީ ކަޕް ކަހަލަ މުބާރާތަކަށް ނުކުންނައިރު މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ އާދީއްތަ ދުވަހު އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅޭއިރު، އެ މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

އަޙްމަދު ރިޒުވާން (ރިޒޭ)ކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު