Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެންގަލޫރު ރާއްޖެ އައުން

ޕްލޭއޮފް މެޗު ކުޅެން ބެންގަލޫރު ޓީމު އަނެއްކާވެސް ރާއްޖެއަށް

އީގަލްސް އާއި ބެންގަލޫރުގެ މެޗު ކުޅޭނީ އާދީއްތަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2021 | ބުދަ 12:57
ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި

އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފްގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު ބުދަ ދުވަހު މާލެ އަތުވެއްޖެއެވެ.

ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މާލެ އައިސްފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދޭ ގޮތުން ބެންގަލޫރު ޓީމު ރާއްޖޭގައި ކޭމްޕްކުރާނީ ހުޅުލޭ އައިލެންޑް ހޮޓެލުގައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު އަންނަ އާދީއްތަ ދުވހު ކުޅޭއިރު، މީގެ ކުރިން މި މެޗު މެއި މަހުގެ 11 ވަނަ ދުވަހު ކުޅެންވެސް ތާވަލުކުރިއެވެ. އެކަމަކު އެ މެޗު ފަސްކުރަން ޖެހުނީ އެ ފަހަރު މާލެއައި ބެންގަލޫރު ޓީމު ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ.

މި ފަހަރުގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާއިރު، މި މެޗަށް އީގަލްސް ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއެވެ. އެކަމަކު ކޮވިޑުގެ ސަބަބުން އެ ޓީމަށް ދަތުރުކުރުމުގެ ހުއްދަ ނުލިބި އަދި އަމިއްލަ ގައުމުގައި މެޗު ކުޅުމުގެ ހުއްދަވެސް ނުލިބުމުން އޭއެފްސީ ނިންމީ އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށެވެ.

ޕްލޭއޮފުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ޕްލޭއޮފް މެޗާ ކުރިމަތިލާއިރު ބެންގަލޫރުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ކޮންގޯގެ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ އާއި، ކުރިން ޗެންނާއީ އާއި މޯހަން ބަގާންއަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭ އާއި، ބްރެޒިލް ލީގުން ގެނައި ޑިފެންޑަރު އެލަން ކޮސްޓާ އާއި، މިދިޔަ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ޒުވާން ފޯވާޑް ބިދްޔާޝަގަރު ސިންހް އާއި، އީސްޓް ބެންގޯލުގެ ޑިފެންޑަރު ސަތާކް ގޯލުއީ އާއި، ފޯވާޑް ހަމަންފްރީތު ސިންހް އާއި، ރިއަލް ކަޝްމީރު ޓީމުން ގެނައި ދާނިޝް ފާރޫގް އަދި ކެރަލާ ބްލާސްޓާސްގެ މިޑްފީލްޑަރު ރޯހިތު ކުމާރު ހިމެނެއެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ރާއްޖޭގައި ބޭއްވުމަށް އޭއެފްސީން މީގެ ކުރިން ވަނީ ނިންމާފައެވެ.

ބެންގަލޫރު އެފްސީއޭއެފްސީ ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު