Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުން

މި ލިބުނު ވެކްސިނުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހޭނެ: މިނިސްޓަރ

އެމެރިކާއިން ހަދިޔާކޮށްފައިވަނީ 128،700 ޑޯޒްގެ ފައިޒަރ ވެކްސިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 އޯގަސްޓު 2021 | ހޯމަ 13:22
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން, ކޮވެކްސް ފެސިލިޓީގެ ދަށުން 128،700 ޑޯޒްގެ ފައިޒަރ ވެކްސިން ރާއްޖެއާ ހަވާލުކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ, އެމެރިކާއިން ރާއްޖެއަށް މި ވެކްސިން ޑޯޒްތައް ހަދިޔާކޮށްފައިވަނީ އެ ގައުމުން މުޅި ދުނިޔެއަށް 80 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާކުރާނެކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި މި ވެކްސިން ޑޯޒްތަކުގެ ސަބަބުން ރާއްޖެއިން ކޮވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. ފައިޒަރ ވެކްސިނަކީ ކުޑަކުދިންނަށްވެސް ޖެހޭ ވެކްސިނެއް ކަމުން މި ލިބުނު ވެކްސިނާއެކު, އުމުރުން 12 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނަށްވެސް ވެކްސިން ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖެއިން ކޮވިޑް-19އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެމެރިކާ ސަރުކާރުން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. މި މަސައްކަތަށް 4.6 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދީފައިވާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައި.އޭ.އީ.އޭ.އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްޒް ވަނީ އެގައުމުން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ސަބަބުން ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެ އޮތް ހާލަތަށް އަނބުރާ ރުޖޫއަވުމަށް އެހީވެދޭނެ ކަމަށް ވިދާޅުވެފައެވެ. މިހާތަނަށްވެސް އެމެރިކާއިން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާކަން އެލައިނާ ފާހަގަކުރެއްވިއެވެ.

އަދި އެމެރިކާއިން އެކި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 110 މިލިއަނަށްވުރެ ގިނަ ޑޯޒް މިހާތަނަށް އެކި ގައުމުތަކަށް ފޯރުކޮށްދީފައިވާ ކަމަށާއި, އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 2 ބިލިއަން ޑޯޒްގެ ވެކްސިން ހަދިޔާކުރުން ކަމަށް އެލައިނާ ވިދާޅުވިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 ޑޯޒްގެ ފައިޒަރ ވެކްސިން ހަދިޔާކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަޙުމަދު ނަސީމްއެވެ.

ޚާރިޖީ ވުޒާރާކޮވެކްސް ފެސިލިޓީހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު