Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޟްވާނުގެ މައްސަލައަށް 7 އަހަރު

ވަގުތުގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަން: އިންތި

8 އޯގަސްޓު 2021 | އާދީއްތަ 15:13

ސަރުކާރުން ވަގުތުގެ ބޭނުން ހިފަން އެބަޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޯގަސްޓު 2021 | އާދީއްތަ 15:13
 ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައީސް ޞާލިޙާ ސަލާމް ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައީސް ޞާލިޙާ ސަލާމް ކުރައްވަނީ

ރިޟްވާނުގެ މައްސަލައިގައި އިންސާފު ނުލިބި އެތައް އަހަރެއް ވެގެންދާއިރު، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ސަރުކާރަށް ގޮވާލާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ރިޟްވާނުގެ މައްސަލައަށް 7 އަހަރު ފުރުމާ ގުޅިގެން އޭނާގެ ހަނދާނުގައި އާދީއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އިންތި ވިދާޅުވީ، މިވަގުތު ނިސްބަތްވަނީ ސަރުކާރަށް ނަމަވެސް، ސަރުކާރުން ވަގުތުގެ ބޭނުން ހިފަން އެބަޖެހޭ ކަމަށެވެ. އަދި މި މައްސަލަތައް އަވަހަށް ނިންމުމަށް މިހާރު ލިބިފައިވާ ވަގުތުތައް އަލުން އަނބުރާ ލިބޭނެކަމުގެ އުއްމީދު ނެތްކަން ފާހަގަ ކުރައްވައި އިންތި ވަނީ ތަހުގީގު އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އެގޮތުން މި ތަހުގީގު ކޮޅެއްގައި ނުޖެހި ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަން އިންތި ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

މެމްބަރު އިންތި ވަނީ މި މައްސަލައިގެ ތަހުގީގު ވަކި ކޮޅެއްގައި ޖެހެންދެން އެކަމަށް ފާރަވެރިވެ، ތަހުގީގު އަވަހަށް ނިންމުމަށް ބާރު އެޅުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި މިއީ ކުޑަ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވައި އިންތި ވަނީ ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާއި، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއަށް އަލިއަޅުވާލައްވާފައެވެ.

އިންތި ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ވަކި ކޮޅެއްގައި ޖެއްސުމަށް ބޭނުންވާ "ލީޑުތައް" ރަނގަޅަށް ފެންނަން އޮއްވައި މީގެ ކުރީގެ ސަރުކާރުން އެ މައްސަލަ ގަސްތުގައި ނުބަލައި އިހުމާލުވެފައިވާ ކަމަށެވެ.

ރިޟްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، އޭނާ ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދީ މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން, މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށް ބުނެފައިވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންމަރު ކޮމިޝަންމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ހީއަކަށް ބަލާފަ މީހުން ހައްޔަރު ކުރުން، ބިރުބޮޑު ނުރައްކާތެރި ކަމެއް: އިމްތިޔާޒް ފަހުމީ

20 ސެޕްޓެމްބަރު 2025
ހީއަކަށް ބަލާފަ މީހުން ހައްޔަރު ކުރުން، ބިރުބޮޑު ނުރައްކާތެރި ކަމެއް: އިމްތިޔާޒް ފަހުމީ
26 ޖެނުއަރީ 2025

ވަގު ފޯރމްގެ މައްސަލަ އަކީ ވަރަށް ފަސޭހައިން ބެލެން އޮތް ޖިނާއީ މައްސަލަ އެއް، ހެކި އެބަހުރި - އިމްތިޔާޒް

26 ޖެނުއަރީ 2025
ވަގު ފޯރމްގެ މައްސަލަ އަކީ ވަރަށް ފަސޭހައިން ބެލެން އޮތް ޖިނާއީ މައްސަލަ އެއް، ހެކި އެބަހުރި - އިމްތިޔާޒް
13 ޑިސެމްބަރު 2024

"އަނދައިގެން ދިޔަ މިނިސްޓްރީތަކާ ގުޅޭ ކޮރަޕްޝަންތަކުގެ ތަހުގީގަކަށް ދާއިރު، ހެއްކަށް ވާނެ ގޮތެއް ނޭނގޭ"

13 ޑިސެމްބަރު 2024
"އަނދައިގެން ދިޔަ މިނިސްޓްރީތަކާ ގުޅޭ ކޮރަޕްޝަންތަކުގެ ތަހުގީގަކަށް ދާއިރު، ހެއްކަށް ވާނެ ގޮތެއް ނޭނގޭ"
22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
05 ޑިސެމްބަރު 2023

ނިޒާމީ ވޯޓާއި ގުޅޭގޮތުން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

05 ޑިސެމްބަރު 2023
ނިޒާމީ ވޯޓާއި ގުޅޭގޮތުން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
22 ޖޫން 2023

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް