Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަގުފޯރމްގެ މައްސަލަ

ވަގު ފޯރމްގެ މައްސަލަ އަކީ ވަރަށް ފަސޭހައިން ބެލެން އޮތް ޖިނާއީ މައްސަލަ އެއް، ހެކި އެބަހުރި - އިމްތިޔާޒް

ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ 700 އެއްހާ މީހުން އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 10:47
ޑިމޮކްރެޓްސް އިން ވަގުފޯމްގެ މައްސަލަ ހުށަހެޅުމަށް ފުލުހުންގެ އިދާރާއަށް ދިއުން

ޑިމޮކްރެޓްސް އިން ވަގުފޯމްގެ މައްސަލަ ހުށަހެޅުމަށް ފުލުހުންގެ އިދާރާއަށް ދިއުން

ވަގުފޯރމް ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މައްސަލަ އަކީ ވަރަށް ފަސޭހައިން ބެލެން އޮތް ޖިނާއީ މައްސަލަ އެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ވަގުފޯރމް ފުރައިގެން ޕީއެންސީ އަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވައްދާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް މައްސަލަ ވަނީ ހުށަހަޅާފައެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ފަހު މީޑިއާ އަށް މައުލޫމާތުދެއްވަމުން، މިއީ ޖިނާއީ މައްސަލަ އެއް ކަމަށާއި ވަރަށް ފަސޭހަކަމާއި އެކު އެ ޖިނާއީ ތަހުގީގު ހިންގެން އޮތް ކަމަށް ޤަބޫލުކުރައްވާ ކަަމަށް ވެސް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ތަފްސީލަށް ބަލާއިރު ފޯރމް ފުރާފައިވާ މީހާގެ މައުލޫމާތާއި ފޮޓޯ އާއި ދިމާ ނުވާ މައްސަލަތައް ވަގު ފޯރމްގެ ތެރޭގައި ފާހަގަވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާ ސީރިއަސް ކަމެއްގައި ސަރުކާރުން މިކަމާއި ކަންބޮޑުވެގެން އުޅުއްވާތަން ނުފެންނަކަމަށާއި އެއީ ޑިމޮކްރެޓްސް އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން މިކަމާއި މެދު އިސްވެ މައުލޫމާތު އޮޅުންފިލުވާދިނުމަކީ މުހިންމުކަމެއްކަމަށް ޤަބޫލު ނުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވަގު ފޯރމްތަކެއް ފުރައިގެން މިހާ ފުޅާކޮށް ވަގަށް މީހުން ޕާޓީއަށް ވެއްދުމުގެ މައްސަލަ އެއް ފެންމަތިވުމުން ސަރުކާރުން އެކަމަށް ޖަވާބުދާރީނުވާތީ އެކަމާއި މެދު އިމްތިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ 700 އެއްހާ މީހުން އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވީ ޑޭޓާބޭސްއަށް ބެލުމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ޑިމޮކްރެޓްސްގެ މީހުން ވެއްދި މައްސަލަ ފެންމަތިވެފައިވާ އިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފުލުހުންނަށް މިފަދަ މައްސަލަތަކެއް ހުށަހަޅާފައެވެ.

އެގޮތުން ފުލުސް އޮފީހަށް އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރުން ގޮސްފައިވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް ބޭނުން ކޮށްގެން މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމު ފުރި މައްސަލަ ތަހުގީގު ކޮށް ދިނުމަށް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ޕީއެންސީގެ ވަގު ފޯމުގެ އޮޅުވާލުންއިލެކްޝަންސް ކޮމިޝަންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު