Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހައްގުގެ ވާހަކަ ދައްކަން ހައްގު އަދާކުރަން ވެސް ޖެހޭ

އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ދަތިތައް ދިމާވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2021 | އާދީއްތަ 10:48
އެސްޓްރަޒެނަކާ ވެކްސިންގެ ވެއިލްއެއް - ވެކްސިން ނުޖަހާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ހުރަސްތަކެއް ދިމާވާނެ

އެސްޓްރަޒެނަކާ ވެކްސިންގެ ވެއިލްއެއް - ވެކްސިން ނުޖަހާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ހުރަސްތަކެއް ދިމާވާނެ

އަބަދުވެސް ކޮންމެވެސް ހައްގެއްގެ ވާހަކައެވެ. އިންސާނަކަށް ވީތީ ލިބޭ ހައްގާއި، މިނިވަންކަމުގެ ހައްގާއި ތިމާއާއި ތިމާ ބޭނުންވާހާ ތަކެއްޗެއްގެ ހައްގުގެ ވާހަކައެވެ. ހުސް އަމިއްލަ އެދުމުގެ ވާހަކައެވެ. އެހެން މީހަކަށް ބެލުމެއް ނެތެވެ. އަދި އެހެން މީހެއްގެ ހައްގުގެ ވާހަކަވެސް ދައްކަން ބޭނުމެއް ނުވެއެވެ. ފެށުމުގެ ގޮތުން ހައްގުގެ ވާހަކަ ހިމަނާލަން މި ޖެހުނީ މުޅި ދުނިޔެ ކުރިމަތިލާފައިވާ ބޮޑު ބަލިމަޑުކަމުގެ ކާރިސާއިން ދިފާއުވުމަށް ވެކްސިން ޖަހަން ދެކޮޅު ހަދާ މަދު ބަޔަކު، ހައްގޭ ކިޔައިގެން ވާހަކަ ދައްކާތީއެވެ.

ވެކްސިން ނުޖެހުމުގެ ހައްގު އެބައޮތް ކަމަށް ބުނެ ހައްގު އައްޑަނައަކަށް ނަގާތީއެވެ. ވައިރަސް ފެތުރެމުންދާ ގޮތުން، ހައްގު ހިފައިގެން ގޮސް އެހެން މީހަކަށް ބަލި ޖެހުނަސް ބައެއް މީހުންނަށް ފަރުވާލެއް ނެތް ކަހަލައެވެ. ހަމަ ހައްގުގެ ވާހަކައެވެ. ދެން ތިބި މީހުންގެ ހައްގެއް ނެތެވެ. ބަލި ޖެހިގެން މަރުވި މީހާގެ ހައްގެއް ވެސް ނެތެވެ. ފުރާނަ ނެތް ހަށިގަނޑު މެޝިންތަކާ ގުޅާފައި ތިބި މީހުންގެ ހައްގެއް ވެސް ނެތެވެ.

ވެކްސިން ޖެހުން މަޖުބޫރު ކުރުމާއެކު އެކަމާ ދެކޮޅަށް އަޑު އުފުލާ މީހުންގެ އަދަދު މި ކުޑަކުޑަ މުޖްތަމައުގައި މަދެއް ނޫނެވެ. ހުސް ހޮޅި ވާހަކަ ދައްކައިގެން ތަނެއް ދޮރެއް ނޭނގި ތިބެ، މޮޅެތި މުސައްނިފުންނަށްވެ، ދުނިޔެ ވެސް ފަތަހަ ކޮށްލާ ފަދައެވެ. ދުނިޔެ ބަދަލުވަމުންދާ ފަދައިން ކަންކަމުގެ މައްޗަށް ހަދާ ދިރާސާތަކާއި ހޯދާ ހޯދުންތައް ތަފާތެވެ. ހަމަ އެފަދައިން ސައިންސްވެރިންގެ ހޯދުންތައް ވެސް ހަފުތާއަކު އެއްފަހަރު ބަދަލު ވެސް ވެދާނެއެވެ. ނުވަތަ މަސް ދުވަހުންނާއި އަހަރު ދުވަހުން ވެސް ބަދަލުވެދާނެއެވެ.

އެހެންކަމުގައި ވާނަމަ ކޮވިޑް ވެކްސިންގެ ހޯދުންތަކާއި ފެންނަން ހުރި ކަންކަން ވެސް ބަދަލުވާނެއެވެ. އޭގައި ހުރި އެކި ކަހަލަ ކަންކަން ފެނި ހާމަވަމުން އަންނާނެއެވެ. އަދި ކުރީގެ ހޯދުންތަކުގެ ތެރެއިން ބައެއް ހޯދުންތައް އުވިގެން ވެސް ދާނެއެވެ. ނަމަވެސް ބައެއް މީހުންނަށް ތަނަކުން ފެނުނު އެންމެ ކަރުދާހެއްގެ މައްޗަށް މުޅި އިންސާނިއްޔަތުގެ މައްޗަށް އޮތް ފަރުވާއެއް ނުހުއްޓުވޭނެއެވެ.

އެންމެ ފަހުން އެވެރިން އެންމެ ރުޅިއަންނަ އެއް ކަންތައް ވެސް މިވީއެވެ. ވެކްސިން ނުޖަހާނަމަ ބައެއް ޚިދުމަތްތަކުން މަހުރޫމް ކުރުވީއެވެ.

މިއީ ދައުލަތަކުން ނިންމާނެ އެންމެ ބޮޑު އަދި މުހިންމު ނިންމުމެވެ. އެއްކަލަ ހައްގުގެ ވާހަކަ މިއާއެކު އުތުރި އަރަން ފެށިއެވެ. އެކަނި ފަރުދެއްގެ ހައްގުގެ ވާހަކައާއެކުއެވެ. ނަމަވެސް މުޅި ދައުލަތަށް މުހިންމު ވާނީ އެންމެ މީހެއްގެ ހައްގަށްވުރެ ހުރިހާ ރައްޔިތުންގެ ހައްގެވެ. އެންމެންގެ ހައްގު ކަށަވަރު ކުރަން ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތައް ވެސް ރަނގަޅެވެ. އަދި ހަމަ އެހާމެ މުހިންމެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހާ ފަރާތްތަކަށް ބައެއް ޚިދުމަތްތައް ނުލިބޭ ގޮތަށް ނިންމި ނިންމުމަކީ ހަމައެކަނި ރާއްޖޭގައި ކުރަން ނިންމި ކަމެއް ނޫނެވެ. އެކަން ކުރަން ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ގައުމުތަކުން މަސައްކަތް ފަށައި، އަމަލުކުރަން ފެށިތާ އެތައް ދުވަހެއް ވެއްޖެއެވެ.

ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިކަންކަމަށް ރިއާޔަތްކޮށް ގާނޫނެއް ވެސް ފާސްކޮށްފައެވެ. މި ގާނޫނު ބުނާ ގޮތުން ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ޖެހުން ލާޒިމު ކަމަކަށް ހަދައި، ކެއިން ބުއިމުގެ ޚިދުމަތް ހޯދާ ތަންތަނަށް ވަންނަ އިރު ވައިރަސް ފާހުގެ ނަމުގައި ފާހެއް ހަދައި، އެތެރޭގެ އުދުހުންތަކުގައި ވެސް މި ފާސް ބޭނުން ކުރުން ވަނީ ގާނޫނަކުން މަޖުބޫރުކޮށްފައެވެ. މިއާއެކު އެގައުމުގައި ވެސް ވެކްސިނާ ދެކޮޅު މަދު ބަޔަކު މުޒާހަރާ ކުރިއެވެ. ނަމަވެސް ބޮޑު ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ މި ނިންމުމަކީ ހަމަ މުޅި ރައްޔިތުންގެ ރައްކަލަކަށް ކުރި ކަމެވެ. އިތުރު ފިޔަވަޅުތައް އެޅުމާއި ލޮކްޑައުނަކަށް ނުދިއުމަށް ކުރެވުނު މަސައްކަތެކެވެ.

މި ގާނޫނު ބުނާގޮތުން، ސެޕްޓެމްބަރ މަހުގެ 15 ގެ ކުރިން ސިއްހީ ޚިދުމަތްތެރިން ވެކްސިން ޖަހަން ޖެހެއެވެ. ނޫންނަމަ ސަސްޕެންޑް ކުރެވޭނެއެވެ. އަދި ހެލްތް ފާހުގެ ނަމުގައި ލިބޭ ފާސް ބޭނުންކޮށްގެން ނޫން ގޮތަކަށް ރޭލު، މަތިންދާބޯޓު އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް ބޭނުން ނުކުރެވޭނެއެވެ. ވެކްސިން ޖެހޭ ހުރިހާ އުމުރުފުރާއެއްގެ މީހުންގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައިވާ އެމެރިކާގެ ބޮޑެތި ސިޓީތަކުގައި ވެސް ވެކްސިން ފާހުގެ ނަމުގައި ފާހެއް ވަނީ އުފައްދާފައެވެ. އެމެރިކާގައި ވެކްސިން ޖެހިކަމުގެ ހެކި ދެއްކުމަށް ފާހެއް ބޭނުންކުރަން ފެށި ފުރަތަމަ ސިޓީއަކީ ނިއުޔޯކެވެ. 8.4 މިލިއަން މީހުން ދިރިއުޅެމުން އަންނަ ނިއުޔޯކުގައި ވެސް ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ހޯދުމާއި ދަތުރުފަތުރު ކުރުމުގައި ވެކްސިން ނުޖަހާނަމަ އެ ހުއްދައެއް ނުލިބެއެވެ.

މީގެ އިތުރުން ކެނެޑާ، ޗައިނާ އަދި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން އަންނަނީ މިގޮތަށް އަމަލުކުރަމުންނެވެ. ބައެއް ގައުމުތަކުގައި ވެކްސިން ނުޖަހާނަމަ ވަޒީފާއިން ވެސް ކަނޑާލައެވެ. އަދި ވަޒީފާ ދިނުމުގައި ވެސް ވެކްސިން ފުރިހަމަކޮށްފައި ހުރިތޯ ބަލައި އިސްކަންދެއެވެ.

ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަކީ މި ކަންތައްތަކާ އަޅައި ބަލާނަމަ ވަރަށް ކުޑަ މިންވަރެކެވެ. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިން ނުޖަހާ ފަރާތްތަކަށް ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ނުދިނުމާއި، އާންމު ދަތުރުފަތުރު ބޭނުން ނުކުރެވޭގޮތް ހެދުން ހިމެނެއެވެ.

ސަރުކާރުން މި ނިންމި ނިންމުމަކީ ސަތޭކައިގެ ނިންމުމެކެވެ. މަދު ބަޔަކު ދައްކާ ވާހަކައަކަށް ވުރެ ސަރުކާރަށް މުހިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ. އަދި މި ނިންމުމަކީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހި ބަލިން ރައްކާތެރިވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19 ވެކްސިންކޮވިޝީލްޑް ވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު