Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުން

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ދެގުނަ ކުރައްވާނެކަން ރައީސް އިއުލާން ކުރައްވައިފި

50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 12:26
ރައީސް ސާލިހު - ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ

ރައީސް ސާލިހު - ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޕްރީޒިންގ ކެޕޭސިޓީ ދެގުނަ ކުރައްވާނެކަން ރައީސް އިއުލާން ކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ، އައްޑޫ އަދި ދެކުނުގެ މަސްވެރިން ބާނާ މަސް އެކްސްޕޯޓްކުރުމުގައި ހުރި ހުރަސްތައް ނައްތާލައި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު 10 އަހަރުން ދެގުނަ ކުރުމަށްޓަކައި މިހާރު ކުރިއަށް ގެންދަނީ އިންގިލާބީ މަޝްރޫއުތަކެއް ކަމަށެވެ. އަދި މިގޮތުން 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީއަށް އަންނާނެކަމަށާއި، ފަތުރުވެރިކަން ފުޅާވުމަކީ އެއާގުޅޭ އެހެން ކިތަންމެ ވިޔަފާރިއަކާއި ވަޒީފާގެ ފުރުސަތު ފުޅާވެ އިތުރުވާނެ ކަމެއް ކަމަށެވެ.

އޭގެ ސަބަބުން އައްޑޫގައި ހިނގާ މުދަލުގެ މުއާމަލާތު އިތުރުވާނެކަމަށާއި، ގަން އެއަރޕޯރޓް ފަރުމާކޮށްފައި އެވަނީ މިކަންކަމަށް ރިއާޔަތްކޮށްގެން، ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި، ކާގޯ ފެސިލިޓީގެ ޚިދުމަތްތަކަށް ވިސްނައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެކުނާއި އައްޑޫގެ ބޮޑުކަންނެލި އެކްސްޕޯރޓްކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ގަން އެއަރޕޯރޓުން ލިބޭނެ ބޮޑެތި މަންފާތަކެއް އެބަހުރިކަމަށެވެ. އެއީ ތަރައްގީކުރެވެމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި، ގަން އެއަޕޯރޓްގެ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ޚިދުމަތް ކަމަށެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ހުރިހާ ބުރު އެކުއެކީ އެނބުރިގެން ނޫނީ ނަތީޖާއެއް ނުހޯދޭނެ ކަމަށެވެ. އައްޑޫއަށް ބަލާނަމަ، ބިން އިތުރުކޮށް، މަގުތައް ހަދައި، ފަތުރުވެރިކަމަށް އިތުރު ރަށްތަށް އުފައްދައި، އަދި އެއަރޕޯރޓް ތަރައްގީކުރުން ކުރިއަށްގެންދަނީ އެކުއެކީގައިކަމަށެވެ. ހަންކެޑެގެ އިތުރަށް, ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރުކުރެވޭ އިތުރު 5 ރަށް ދާދި އަވަހަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މީގެ 5 އަހަރު ކުރިން އައްޑޫ ސިޓީން އެދުނު ކަންކަން އެދަނީ ހިނގަމުން ކަމަށާއި، އަދި ޖުމްލަ 7000 ޓޫރިސްޓް އެނދުގެ އަމާޒު އައްޑޫގައި ހާސިލުކުރުމަށް މިހާރު ހުރަހެއް ނެތްކަމަށެވެ. ޝަންގްރިއްލާއާއި ހަންކެޑެގެ އިތުރަށް އަމިއްލަ ފަރާތްތަކުން ދިގުމުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތައް އޮޕަރޭޝަނަށް ގެނައުމަށް، މިހާރު ދައްޗެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓްއައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްސް ކޮމްޕެނީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު