Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުމްރާވުމަށް ހުޅުވާލުން

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އުމްރާވުމުގެ ފުރުސަތު ހުޅުވާލަނީ

އެހެން ގައުމުތަކުގެ މީހުންނަށް އުމްރާވުމަށް ހުޅުވާލަން ނިންމާފައިވަނީ އަހަރަކަށް ފަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2021 | އާދީއްތަ 03:22
ބޭރުގެ ގައުމުތަކުގެ މީހުންނަށް އުމްރާވުމުގެ ފުރުސަތު ހުޅުވާލުން

ބޭރުގެ ގައުމުތަކުގެ މީހުންނަށް އުމްރާވުމުގެ ފުރުސަތު ހުޅުވާލުން

ވެކްސިން ފުރިހަމަކޮށްފައިވާ، އެހެން ގައުމުތަކުގެ މީހުންނަށް އުމްރާވުމުގެ ފުރުސަތު ހުޅުވާލަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ އަރަބިއާއިން އެހެން ގައުމުތަކުގެ އުމްރާވެރިންނަށް އުމްރާވުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން މި ފުރުސަތު ބަންދުކޮށްފައި އޮތުމަށްފަހުއެވެ. މި މުއްދަތުގައި އުމްރާވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ ހަމައެކަނި އެ ގައުމުގައި ދިރިއުޅޭ މީހުންނަށެވެ.

އެހެން ގައުމުތަކުގެ އުމްރާވެރިންނަށް އުމްރާވުމުގެ ފުރުސަތު ދިނުމަށް މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އުމްރާވުމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައިގަތުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އުމްރާވެރިން އުމްރާވުމަށް އެދި ހުށަހަޅާ ފޯމާއެކު ވެކްސިން ފުރިހަމަކުރި ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ސައުދީން ގަބޫލުކުރާގޮތުގައި ހައްޖުވުމާއި އުމްރާވުމަށް ހުޅުވާލުމުން މަހެއްގެ މައްޗަށް 60،000 އަށްވުރެ ގިނަ މީހުން އަޅުކަންކުރުމަށް ދާނެއެވެ. އުމްރާވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސައުދީ ސަރުކާރުން ވަނީ އަންގާފައެވެ.

ސައުދީ އަރަބިއާއަށް އެތެރެވުން މަނާ ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުން އަންނަ އުމްރާވެރިން އެ ގައުމަށް އެތެރެވާގޮތަށް ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ހައްޖުވުމާއި އުމްރާވުން މެދުކަނޑާލުމަށްފަހު ސައުދީގައި ދިރިއުޅޭ މީހުންނަށް މި ހުރުމަތްތެރިވެގެންވާ ބިން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއީ ވެސް ކޮވިޑް-19ގެ ހާލަތުގައެވެ. މި ހާލަތުގައި އުމްރާވުމާއި، ހައްޖުވުމަށް ހުޅުވާލިއިރު، ހައްޖުވެރިންނާއި އުމްރާވެރިން ވަކި ގޮތަކަށް އަމަލުކުރަން ސައުދީ ސަރުކާރުން އަންގާފައިވެއެވެ.

ސައޫދީ އަރަބިއްޔާހައްޖު އެންޑް އުމްރާ މިނިސްޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

05 ފެބުރުއަރީ 2025
ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

12 ޑިސެމްބަރު 2024
މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

މި ހައްޖުގައި 1301 މީހުން މަރުވި ކަމަށް ސައުދީ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި

24 ޖޫން 2024
ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

ހުއްދަ ނެތި ހައްޖު ވުމަކީ ފާފައެއް: ސައުދީގެ ގްރޭންޑް މުފްތީ

08 ޖޫން 2024

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު