Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީ.ޑީ.އެމް ފެސްޓިވަލް ބޭއްވުން

1500 ފަތުރުވެރިންނާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އީ.ޑީ.އެމް ފެސްޓިވަލެއް ބާއްވަނީ

މި ހަރަކާތުގައި ބައިވެރިވުމަށް ދިވެހި ފަންނާނުން ދަނީ ހޯދަމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 އޯގަސްޓު 2021 | ހޮނިހިރު 18:46
މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ އީ.ޑީ.އެމް ފެސްޓިވަލް

މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ އީ.ޑީ.އެމް ފެސްޓިވަލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް "އިލެކްޓްރޯނިކް ޑާންސް މިއުޒިކް ޝޯ"އެއް ބާއްވަން ނިންމައިފިއެވެ.

އިޔާޝް މޯލްޑިވްސްއިން އިންތިޒާމުކުރާ މިހަރަކާތުގެ ކަންކަން ފައިނަލައިޒްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، 1500 ފަތުރުވެރިން ގެނައުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފަތުުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތަށް ވެގެންދާނެއެވެ.

މި ފެސްޓިވަލްއާއި ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަދައްކަވަމުން އިޔާޝް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަލީ އިޔާޝް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން މިހާތަނަށް ބާއްވާފައިވާ ގިނަ ހަރަކާތްތަކާއި މި ފެސްޓިވަލް ވަރަށް ތަފާތުވެ އައު ކަންތައްތަކެއް ފެނިގެންދާނެކަމަށެވެ. އެގޮތުން މި ހަރަކާތަކީ ކޮލެޖް ޔުނިވަރސިޓީ، ނުވަތަ ޒުވާނުންނަށް ޚާއްސަކޮށް އެ އުމުރުފުރާގެ ފަތުރުވެރިން ރާއްޖެ އައުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ހަރަކާތެއް ކަމުން މި އިވެންޓްގެ ތެރެއިން ޒުވާނުން ގަޔާވާފަދަ ޒަމާނީ އައު ކަންތައްތައްވެސް ރާއްޖޭގައި ހުރިކަން ދައްކާދޭނެ ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖެއަކީ ލޯބިވެރިންނާއި، ހަނިމޫން ހަދަން އަންނަ ޖޯޑުތަކަށް ޚާއްސަ މަންޒިލެއް ކަމުގައި ވިޔަސް، މި ފަހަރުގެ އީޑީއެމްއިން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުވެފައިވާ މިންވަރު މުޅި ދުނިޔެއަށް ހާމަކޮށްދޭނެއެވެ. އެގޮތުން ލައިޓް އަދި ވޯޓާ ޝޯތަކާއި، ރާއްޖެ އެކަމަކަށް މަޝްހޫރު ވޯޓަރ ސްޕޯޓްސްގެ އެކި ހަރަކާތްތައް ދައްކާލާއިރު، ފަތުރުވެރިންނަށް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭގޮތަށް ބޮޑު ޖާގައެއް ކޮންމެ ހަރަކާތަކަށްވެސް ޚާއްސަކުރެވިފައިވާނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވެ މި ހަރަކާތުގެ ތެރެއިން ރާއްޖެ ގެންނަނަ 1500 ފަތުރުވެރިންގެ ތެރެއިން ކޮންމެ ބައިވެރިއަކީ ވެކްސިން ގެ ދެ ޑޯޒް ހަމަކޮށް ބަލިން ރައްކާތެރިވެފައިވާ ބައެއްކަން ކަށަވަރުކުރާނެކަމަށް އިޔާޝް ވިދާޅުވިއެވެ.

3 ދުވަހަށް ދެމިގެންދާ މި ހަރަކާތުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ތަފާތުގޮތަކަށް އިޝްތިހާރު ކުރަން ހަމަޖެހިފައިވާއިރު، މި އިވެންޓް މި އަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިކަމުގައި ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް، ސަފާރީ އަދި ލިވަބޯޑްތައް ބައިވެރިކުރަން ނިންމާފައިވެއެވެ. ސުވެނިއަރ ޝޮޕްތަކަށް ޚާއްސަ ސަރަހައްދެއްވެސް ފެސްޓިވަލްގައި ހަމަޖައްސާފައިވެއވެ.

މިކަމަށް ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހަރަކާތުގައި ދިވެހި ފަންނާނުންގެ ދައުރު އިތުރުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑީޖޭއިންނާއި، ނެށުން ތެރިން އަދި ކުރެހުންތެރިންގެ އިތުރުންވެސް އެކި ކަހަލަ ފަންނާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިޔާޝް މޯލްޑިވްސްގެ ފޭސްބުކް ޕޭޖް ނުވަތަ އީމެއިލް އެޑްރެސްްއަށް iyashmaldives@gmail.com ފޮނުވުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަންއިޔާޝް މޯލްޑިވްސް

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު