Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑެލްޓާ ވޭރިއެންޓް

ވެކްސިން ޖަހާފައިތިބި މީހުންގެ ފަރާތުންވެސް ޑެލްޓާ ވޭރިއެންޓް ފެތުރުމުގެ ފުރުސަތު އޮވޭ

މި ހޯދުން ޔޫ.އެސް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުގެ ހޯދުންތަކާ ދިމާވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2021 | ހޮނިހިރު 03:14
ލަންޑަނުގެ ހޮސްޕިޓަލެއްގައި މީހަކު ވެކްސިން ޖަހަނީ

ލަންޑަނުގެ ހޮސްޕިޓަލެއްގައި މީހަކު ވެކްސިން ޖަހަނީ

ކޮވިޑް-19 ވެކްސިން ނުޖަހާ ތިބި މީހުންގެ ފަރާތުން އެހެން މީހުންނަށް ޑެލްޓާ ވޭރިއަންޓް ޖެހުމުގެ ފުރުސަތެއް އޮންނަ ފަދައިން، ވެކްސިން ޖަހާފައިތިބޭ މީހުންގެ ފަރާތުން އެހެން މީހުންނަށް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތުވެސް ބޮޑުކަމަށް ހޯދުންތަކުން ދައްކައިފިއެވެ.

ޕަބްލިކް ހެލްތު އިންގްލެންޑް (ޕީއެޗްއީ)ގެ ސައިންޓިސްޓުން ނެރުނު ބަޔާނެއްގައި ބުނީ މިއީ މިކަމާއި ގުޅިގެން ހަދަމުންދާ ދިރާސާތަކުގެ ފުރަތަމަކޮޅު ހޯދުނު ހޯދުންތައް ކަމަށާއި، އެކި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަ މިންވަރާއި ވެކްސިން ގުޅިފައި އޮތުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. މިކަން އިތުރަށް ކަށަވަރުކުރުމަށް އިތުރު ބެލުންތައް ބަލަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ޕީއެޗްއީން ބުނީ ޖުލައި 19 އިން ފެށިގެން މިހާތަނަށް ދެނެގަނެވިފައިވާ ޑެލްޓާ ކޭސްތަކުން ހޮސްޕިޓަލުގައި އެޑްމިޓުކުރި މީހުންގެ ތެރެއިން 55.1 އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ. 34.9 އިންސައްތަ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށް ޕީއެޗްއީން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ އާބާދީގެ 75 އިންސައްތަ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމަށާއި، ގިނަ ބަޔަކު ވެކްސިން ފުރިހަމަކުރާވަރަކުން ވެކްސިން ޖަހާފައިވާ ގިނަ ބަޔަކު ހޮސްޕިޓަލުތަކުން ފެނިގެންދާނެ ކަމަށް ޕީއެޗްއީން ބުނެއެވެ.

ބޭރުގެ މީޑިއާތަކުން ބުނާގޮތުން ޕީއެޗްއީގެ މި ހޯދުންތަކާއި، ޔޫ.އެސް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ހޯދުންތަކާ ދިމާވެއެވެ. ވެކްސިން ޖަހާފައިތިބޭ މީހުންގެ ތެރެއިން ޑެލްޓާ ވޭރިއެންޓް ޖެހިފައިވާ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމަކީ ކަންބޮޑުވުމެކެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން މި ވޭރިއެންޓުގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދެއެވެ. އެހެންނަމަވެސް ވެކްސިން ޖަހާފައިތިބި މީހުންގެ ތެރެއިން ޑެލްޓާ ވޭރިއެންޓް ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަކަން މަދުންނަމަވެސް މިހާރު ވަނީ ހޯދިފައެވެ.

ރޮއިޓަރސްކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު