Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުފިނޮޅު މައްސަލަ

ބޮޑުފިނޮޅު މައްސަލައިގައި މެމްބަރު ރިޟާއާ އިތުރު ބަޔަކަށް ދައުވާ އުފުލައިިފި

ގިނަ ޢަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އޯގަސްޓު 2021 | ހުކުރު 10:32
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާ

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާ

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތަކާ އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، އެ މަސައްކަތްކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން، އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.

އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ. ޕީޖީ އޮފީހުން ބުނީ މިއީ ޤާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކެއް ހިންގައި، މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ނިގުޅައިގަނެފައިވާ މައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 4 އޯގަސްޓުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ށ. މިލަންދޫ، ހެޕީލޭންޑް، ޢަލީ ރިޟާގެ މައްޗަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މީހުން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު އެ ކުށުގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެ ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން އާރ.އައި.އެކްސް ކުންފުނީގެ ސްޕޮންސަރޝިޕްގެ ދަށުން އެކި މަސައްކަތްތަކަށް ރާއްޖެ ގެނެސްފައިވާ ބިދޭސީން ލައްވައި މަސައްކަތްކުރުވުމަށްފަހު މުސާރަނުދީ، ބިރުދައްކައި، ޤާނޫނާ ޚިލާފު މަޖުބޫރުކަމެއް ކުރިމަތިކުރުވައި، އެމީހުން އެކްސްޕްލޮއިޓްކޮށް، އެމީހުން ޓްރެފިކްކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ ދަށުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ވެސް ވަނީ އުފުލާފައެވެ. ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ފާހަގަކޮށްފައިވަނީ މި މައްސަލައިގެ ތަހުޤީޤަށް ކޯޓު އަމުރެއްގެ ދަށުން އާރ.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް މެމްބަރު ރިޟާ ހުރަސްއަޅުއްވާފައިވާތީއެވެ.

މެމްބަރު ރިޟާގެ އިތުރުން، ނ. މާފަރު، ބްލާސަމްގެ، ޙަސަން ޢުމަރު އަދި ށ. މިލަންދޫ، ރެޑްރޯސް، ނަޞްރުﷲ އުޘްމާންގެ މައްޗަށް، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މީހުން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. މި ކުށުގެ އަދަބަކީ 7 އަހަރުގެ ޖަލު ޙުކުމެކެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މެމްބަރު ރިޟާގެ މައްޗަށް ދަޢުވާކުރާ މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލުތަކުގައި މި ދެ މީހުން ބައިވެރިވެފައިވާތީކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

އެ ބިދޭސީންނަށް ލިބެންޖެހޭ ހަތަރު މަހުގެ މުސާރަ ނުދެވުނީ، ސީލް ކުންފުނިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ރިޒް ކުންފުނިން ބުނެއެވެ. މި ވާހަކަތައް ދޮގުކޮށް، ސީލް ކުންފުނީގެ ފަރާތުން ވަކާލާތުކުރާ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ފައިސާ ދޭންޖެހޭ އަދަަދަށް ވުރެ އިތުރަށް ވެސް ރިޒް ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ.

ބޮޑު ފިނޮޅުމެމްބަރު އަލީ ރިޒާ

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2023

ގިނަ މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެހެން ޤައުމެއްގައި ނަމަ އިސްތިއުފާދޭނެ - ރިޒާ

30 އޮކްޓޯބަރު 2023
ގިނަ މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެހެން ޤައުމެއްގައި ނަމަ އިސްތިއުފާދޭނެ - ރިޒާ
08 ޖެނުއަރީ 2023

މި ސަރުކާރުން ކުޑަ ރަށެއް ނުބަލާ 1350 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުން އެބަގެންދޭ: ރިޒާ

08 ޖެނުއަރީ 2023
މި ސަރުކާރުން ކުޑަ ރަށެއް ނުބަލާ 1350 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުން އެބަގެންދޭ: ރިޒާ
23 ޑިސެމްބަރު 2021

ބޮޑުފިނޮޅު މައްސަލައިގައި ދައުވާ އުފުލާފައިވާ މެމްބަރު ރިޟާގެ 2 ޝަރީއަތް ކެންސަލް

23 ޑިސެމްބަރު 2021
ބޮޑުފިނޮޅު މައްސަލައިގައި ދައުވާ އުފުލާފައިވާ މެމްބަރު ރިޟާގެ 2 ޝަރީއަތް ކެންސަލް
05 ޖުލައި 2021

އިތުރު އިސްލާހަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

05 ޖުލައި 2021
އިތުރު އިސްލާހަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު