Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އަންނަ ފަތުރުވެރިން

1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން ބޮޑު - މިނިސްޓަރ

ސަރުކާރުގެ ބަޖެޓު ފޮތުގައި އަހަރަށް ކަނޑައެޅިފައިވާ އަމާޒަކީ އަދިވެސް 1 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 4 އޯގަސްޓު 2021 | ބުދަ 18:08
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް

މިއަހަރު ނިމޭ އިރު، ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބަޖެޓު ފޮތުގައި އަހަރަށް ކަނޑައެޅިފައިވާ އަމާޒަކީ އަދިވެސް އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށާއި, ނަމަވެސް މިނިސްޓްރީ އާއި ޞިނާޢަތުގެ ބައިވެރިން އަމާޒުހިފާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ އަދަދުން ދެ ލައްކަ މިހާރު އުނިކުރައްވާފައިވާ ކަމަށް ވިދާޅުވެ, ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވުމުން މިނިސްޓަރ ވަނީ މިހާރު ޞިނާޢަތުގެ ބައިވެރިންގެ އަމާޒަކީ 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަހަރު ނިމޭއިރު 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ މާ ދަތި ކަމަކަށް ނުވާނެ ކަމަށާއި މިނިސްޓްރީއަށް މިހާރު އެއްކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމުގެ ޔަގީންކަން ބޮޑުކަމަށެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށާއި 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ޓޫރިސްޓު އެރައިވަލް 50 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް އޮގަސްޓު މަސް ފެށިގެން އައި އިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދާ އެއް ވަރުވެފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށާއި ޞިނާޢަތުގެ ބައިވެރިން ވާސިލުވާން ކަނޑައަޅާފައިވާ އަމާޒަށް ފަސޭހައިން ވާސިލުވެވޭނެ ކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވާ އިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް 626,314 ފަތުރުވެރިން ވަނީ އައިސްފައެވެ. އޭގެ ތެރެއިން 612،367 ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އަހަރުގެ ފުރަތަމަ 6 މަހުއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މަހަކަށް ވުރެ މަހެއް އަދަދުތައް ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު 92,103 ފަތުރުވެރިން ރާއްޖެ އައި އިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 96,882 އަށް އިތުރުވެފައެވެ. އަދި މާޗުމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެއް މަހެއްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައި ފުރަތަމަ ފަހަރެވެ.

މާޗުމަހު 109,585 ފަތުރުވެރިން ވަނީ އައިސްފައެވެ. ނަމަވެސް އޭޕްރިލް މަހު މި އަދަދު ވަނީ 91,200 އަށް ވެއްޓިފައެވެ. އަދި މެއިމަހު މި އަދަދު 64,613ށް ވެއްޓުނު އިރު، ޖޫންމަހު ރާއްޖެ އައިސްފައި ވަނީ 56,166 ފަތުރުވެރިންނެވެ. ނަމަވެސް ޖުލައިމަސް ވެގެން ގޮސްފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި މަހަށެވެ. އެގޮތުން ޖުލައި މަހު 101،818 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްފަތުރުވެނިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު