Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަނެއްކާވެސް ބަޣާވާތަކަށް މަގު ކޮށަނީތަ؟

މިހާރު އޮތް ސަރުކާރު އުފެއްދުމަށް ޖާގަ ދިނީ 5 އަހަރުގެ ދައުރެއްގައި އަންނަ ތަފާތު ބަލާލުމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2021 | އަންގާރަ 06:59
އިދިކޮޅު ކޯލިޝަނުން ވަނީ ޕާޓީތަކުގެ ލީޑަރުންނަށް "މިނިވަން ކަމުގެ ދިފާއުގައި- ދިވެހިން" މިކެމްޕޭނަށް ދައުވަތު ދީފައި

އިދިކޮޅު ކޯލިޝަނުން ވަނީ ޕާޓީތަކުގެ ލީޑަރުންނަށް "މިނިވަން ކަމުގެ ދިފާއުގައި- ދިވެހިން" މިކެމްޕޭނަށް ދައުވަތު ދީފައި

މިނިވަންކަމުގެ ދިފާއުގައި އަތްގުޅާލައި ނުކުންނަންވާނީ ގައުމެއްގެ މިނިވަންކަން ގެއްލުމުންނެވެ. ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގޮސް އެކަމުން މިންޖުނުވުމުންނެވެ.

އަޅުވެތިކަމުން ގައުމު ސަލާމަތްކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސި ކޯލިޝަނުން ފެށި "މިނިވަން ކަމުގެ ދިފާއުގައި- ދިވެހިން" ކެމްޕޭނަކީ، އަނެއްކާވެސް ބޮޑު ރޭވުންގަނޑެއް ކަމަށް ބެލެވެއެވެ. ގައުމުގައި މިނިވަންކަން ވެސް  ފުރިހަމައަށް އޮއްވައި މިނިވަންކަން ހޯދުމުގެ ނަމުގައި ހުރިހާ ސިޔާސީ ޕާޓީއަކަށް  ދައުވަތު ދީގެން ކުރަން އޮތީ ކޮންކަމެެއް ހެެއްޔެވެ.

އިދިކޮޅު ކޯލިޝަނުގެ މި ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ވަނީ ފޮނުވާފައެވެ. މިއީ ގައުމީ ކެމްޕޭނެއް ކަމަށް ބުނެ ބައެއްގެ ލޮލުގައި އަނދުން އަޅުވަން އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތެކެވެ. ރައްޔިތުންނަށް އޮޅުވާލަން ކުރަމުން އަންނަ މަސައްކަތެކެވެ. ކޮވިޑް19 ގެ ކޭސްތައް މަދުވެ ގައުމުގެ އިގްތިސާދު ހިނގަން  ފެށުމާއެކު އަލުން ބަޔަކު މަގުތަކަށް ނެރެ ސަރުކާރަށް ޖެއްސުން ކުރުމަކީ ކަންކަމުގެ ހައްލު އަންނާނެ ގޮތެެއް ނޫނެވެ.

އިދިކޮޅުން ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކެވެ. ގާސިމް އިބްރާހިމްގެ ލީޑަރޝިޕްގެ ދަށުން ހިންގަމުންދާ ޖުމްހޫރީ ޕާޓީއާއި، ހޯމް މިނިސްޓަރ ޝައިޚް އިމްރާންގެ ލީޑަރޝިޕްގެ ދަށުން ހިންގާ އަދާލަތު ޕާޓީން ވަނީ އިދިކޮޅާއި ނުގުޅޭނެކަމަށް ބުނެފައެވެ. ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށޭ ކިޔާފައި މިޒާތުގެ ކެމްޕޭނެއް ފަށަންޖެހޭ ފަދަ ނުރައްކަލެއް އަދި ސަބަބެއް ނެތްކަމަށް މި ދެ ޕާޓީންވެސް ވަނީ ބުނެފައެވެ.

ކޯލިޝަނުގެ ބައިވެރިންގެ ގޮތުގައި މިވަގުތު ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހެޔޮ ވެރިކަމެއް ހިންގުމަށް މަގު ފަހިކޮށްދިނުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެ ޕާޓީތަކުން ބުނެއެވެ. މިއީ އިދިކޮޅުން ސަރުކާރަށް ޖެއްސުން ކުރުމަށް ފަށާފައިވާ ކަމެއް ކަމަށް އެ ދެޕާޓީންވެސް ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ލީޑަރޝިޕްގެ ދަށުން ހިންގާ އެމްއާރްއެމުން ބުނީ، އެ ޕާޓީގެ ނިންމުން މިހާރު އިދިކޮޅު ކޯލިޝަނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީއަކީ، މިހާރު އޮތް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށާއި، އެމްއާރްއެމުން ކޯލިޝަނުން ވަކިވެ، ގައުމުގެ މަސްލަހަތު ގެއްލޭ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ވެސް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ. ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށް ދިން ދައުވަތަށް އެ ދެޕާޓީން ވެސް ވަނީ ނޫނެކޭ ބުނެފައެވެ.

އިދިކޮޅުން ދެން ސިޓީ ފޮނުވި ޕާޓީއަކީ ސަން ޓްރެވަލް ޝިޔާމްގެ ލީޑަރޝިޕްގެ ދަށުން ހިންގާ އެމްޑީއޭއެވެ. އެމްޑީއޭއަކީ 2018ގެ ރިޔާސީ އިންތިޚާބާ ހަމައަށް ރައީސް ޔާމީނާއެކު އޮތް ޕާޓީއެކެވެ. އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ 2013 އިން 2018 އަށް ހިނގި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިސް އެކުވެރިޔާއެވެ. އަދި އެ ކޯލިޝަނުގެ އެއް ޕާޓްނަރެވެ. ނަމަވެސް އިންތިޚާބުގެ ކެންޕެއިން ފެށުމާއެކު އެމްޑީއޭއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

މި ދައުވަތު އެމްޑީޕީއަށް ނުދިނީ ކީއްވެބާވައެވެ؟ އެ ޕާޓީން އެމީހުންޖަހާ ބެރަށް  ނުނަށާނެތީތޯއެވެ. ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު، ރައީސް ޔާމީނާއެކު ސިޔާސީ ހަރަކާތް ހިންގަވަން ބޭނުންފުޅުވާކަން ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި އިއުލާން ކުރެއްވުމުންވެސް އެކަމަށް އެއްބަސްވާކަށް ނެތީމޭ ޕީޕީއެމް ބުންޏެވެ. އެކަމުގައި ދެއްކީ މުޅިންވެސް ބަހަނާއެވެ.

ޕީޕީއެމްގައި ތިބި ގިނަ މެމްބަރުނަކީ 7 ފެބްރުއަރީ 2012 ގަ އެމްޑީޕީގެ ވެރިކަން  ބަދަލުވެގެން ދިޔަ އިރު ޖުމްހޫރީ މައިދާނުގައި ނުކިޔަމަންތެރިވެގެން އުޅުނު ފުލުހުންނާ ސިފައިންނާ އެކު އެތަނުގައި ހަރަކާތްތެރިވި މީހުންނެވެ.  2012 ވަނަ އަހަރު އޭރުގެ ވެރިކަން ވައްޓާލަން ކުރި މަސައްކަތާ ހަމަޔަށް ދިޔައިރު ގައުމޭ ކިޔައިގެން އެތައް ހަރަކާތެއް ހިންގިތަން ފެނުނެވެ. ސިޔާސީ ވެރިން އެއްކޮށްގެން މުޅި ގައުމު ނުރައްކަލަކަށް ވައްޓާލީއެވެ. ގައުމުގައި ހިނގަމުން އައި ވެރިކަން ދެބައިވުމާ ގާތަށް ގޮސްފައިވަނިކޮށް އެމްޑީޕީންވެސް ބުނަނީ ބަޣާވާތަކުން އެ ވެރިކަން ވައްޓާލީ ކަމަށެވެ.

އޭރު ރައްޔިތުންގެ ސިކުނޑިއާ ކުޅުނު ގޮތަށް މިހާރު ކުޅުމަކީ ފަސޭހަކަމަށް ނުވާނެއެވެ. އެއަށްވުރެ ރައްޔިތުން މިއަދު ހޭލުންތެރިއެވެ. ކަން ހިނގަމުން އަންނަ ގޮތް ރައްޔިތުންނަށް ވިސްނެއެވެ. އޭރު ކަން ހިނގާ ދިޔަގޮތަށް، ތިޔަ ހިންގަންއުޅޭ ހަރަކާތަށް މިހާރު ތާއީދެއް ނޯނާނެކަން ހާމަވާ އެއްކަމަކީ، ޕީޕީއެމުން ކުރަމުން އައި މުޒާހަރާތަކެވެ. 200 މީހުންވެސް ހަމައެއް ނުވެއެވެ.

ޕާޓީގެ ގިނަ މެމްބަރުންވެސް އެކަމުގައި ބައިވެރި ނުވާކަން މިއީ ފެންނަން އޮތް ހަގީގަތެވެ. އެންމެފަހުން ނުކުތް މަދު ބަޔަކަށްވެސް ހަމަ ވިސްނުން އައިސްގެން ގެއަށްވަނީއެވެ.

މިހާރު މިއޮތް ސަރުކާރުގައި ފެއިލްވި ބައެއް ބޭފުޅުން ތިޔަ ކޯލިޝަނާ ގުޅުމުން އެއީ ކޯލިޝަން ވަރުގަދަވެ، މޮޅު ނަމެއްގައި ސަރުކާރާ ޖައްސާލަން ލިބޭ ފުރުސަތެއް ކަމުގައި ހީކުރައްވަނީ ތޯއެވެ. ނޫނެކެވެ. އެއީ ބުރަދަން ހުރި ބަޔެއް ނޫނެވެ.

ރައްޔިތުން ބޭނުންވާނީ ގައުމުގެ ހަމަޖެހުމެވެ. ކަމަކާ ނުލާ މަގުމަތީ ހަރަކާތް ހިންގާއިރު އެކަމުގައި ބައިވެރިވާކަށް ނޫނެވެ. ރައްޔިތުން ރައީސް ޔާމީނުގެ ސަރުކާރަށް ނޫނެކޭ ބުނެ މިހާރު އޮތް ސަރުކާރު އުފެއްދުމަށް ޖާގަ ދިނީ 5 އަހަރުގެ ދައުރެއްގައި އަންނަ ތަފާތު ބަލާލުމަށެވެ. އަނިޔާވެރިކަމަށް ނިމުމެއް ގެނެސް އިންސާފު ގާއިމު ކުރާށެވެ. އެކަމަށް ފުރުސަތު ދޭށެވެ. ވެރިކަމަށް އަލުން އަންނަން ބޭނުންވާ މީހުން ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ރައްޔިތުންގެ ވޯޓުން ވެރިކަމަށް އައުމަށް ވިސްނާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު