Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއާއި އިންޑިއާގެ ގުޅުން

ރާއްޖެއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުންތައް ބަދަހިކުރުމަށް މިހާރު ވަނީ ފުރުސަތު ފަހިވެފައި: އިންޑިއާ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އައުމުން، ދެ ޤައުމުގެ ހީނަރުވެފައިވާ ގުޅުމަށް އާރޯކަން ލިބިފައިވާކަމަށް އިންޑިއާއިން ސިފަކުރޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2021 | ހޯމަ 15:35
ލޯކް ސަބާގެ ސްޕީކަރ އޯމް ބްރިލާ

ލޯކް ސަބާގެ ސްޕީކަރ އޯމް ބްރިލާ

ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ފަހިވެފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން މިފަދައިން ބުނެފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުއްވުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ލޯކް ސަބާގެ ސްޕީކަރ އޯމް ބްރިލާ, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ. ޖުލައި 23 ވަނަ ދުވަހު އޯމް ބްރިލާ ފޮނުއްވި މި ސިޓީފުޅުގައި ރާއްޖޭގެ މިނިވަންކަމަށް 56 އަހަރު ފުރި 57 އަހަރަށް ކުރިމަތިލުމުން އެކަމުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވިއެވެ.

އޯމް ބްރިލާ ވަނީ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އައުމުން ދެ ޤައުމުގެ ހީނަރުވެފައިވާ ގުޅުމަށް އާރޯކަން ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަދު ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެ، ބައިނަލްއަޤްވާމީ މައްސަލަތަކުގައި އެކުގައި ވަކާލާތުކުރާ ދެ ބައިވެރިންނަށް ވެފައިވާކަމަށް ވިދާޅުވިއެވެ. މުސްތަޤުބަލުގައިވެސް ދެ ޤައުމުގެ ޚާރިޖީ ގުޅުން ފެނިގެންދާނީ ފާގަތިކޮށްކަމަށް ވިދާޅުވެ، އޯމް ބްރިލާ ވަނީ, ރާއްޖެއާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުންތައް ބަދަހިކުރުމަށް މިހާރު ފުރުސަތު ފަހިވެފައިވާކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް ހެޔޮ އެދޭނެ އެކުވެރިއެއްކަމަށާއި، ރާއްޖެއިން އެހީ ބޭނުންވެއްޖެ ހާލަތެއްގައި އެހީވުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. އޯމް ބްރިލާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ދެ ޤައުމުގެ ގުޅުމަށް ފާގަތިކަމަށް އެދި ވަޑައިގެން, ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވަމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެ އިންޑިއާގެ އެހީގައި ގިނަ ތަރައްޤީގެ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ. ވަކިން ޚާއްސަކޮށް ކޮވިޑުން އަރައިގަނެ, ވެކްސިން ކަށަވަރުކުރުމަށް އިންޑިއާއިން ރާއްޖެއަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދިނެވެ. އެގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑް ވެކްސިން ފޯރުކޮށްދިން ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ.

ކޮވިޑް-19ގެ މި ހާލަތުގައި އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް، މި ދަތި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާކުރާ ކޯޓާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރުކަމަށާއި، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަޤީންކަމެއް ލިބި ރާއްޖެއަށް އެތެރެކުރާނެ މުދަލުގެ އަންދާޒާއެއް ކުރެވޭނެކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު